މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ ދެ ވަނަ ދުވަހެވެ. ބާޒާރުގައި މިއަދު ގިނަ ބާވަތްތައް ނަން ހުސްކޮށް ލިބެން ހުރިއިރު، ގިނަ ބާވަތްތަކުގެ އަގުތައް ހުރީ ދާދި އެއްވަރެއްގައެވެ.

ފަނިގިރާ ބާވަތްތަކުގެ އަގުތައް:

  • ކަރާ: 25-30 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 44 ރުފިޔާއަށް ކިލޯއެއް
  • ސްވީޓް މެލަން: 45 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 85 ރުފިޔާއަށް ކިލޯއެއް
  • ދިވެހި ފޭރު: 160 ރުފިޔާ ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް 40-50 ރުފިޔާއަށް
  • ފެޝަން ފުރުޓް: 90 ރުފިޔާއަށް ކިލޯއެއް
  • ދޮންކެޔޮ: 60 ރުފިޔާއަށް ކިލޯއެއް
  • ފުސްކެޔޮ: 55 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 30-45 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
  • ރޯ ކަދުރު: 300 ރުފިޔާއަށް ކިލޯއެއް
  • އޮރެންޖެއް: 14 ރުފިޔާއަށް
  • މެންޑްރިން: 80-85 ރުފިޔާއަށް ކިލޯއެއް
  • އަންނާރު: 110 ރުފިޔާއަށް ކިލޯއެއް
  • އާފަލެއް: 10 ރުފިޔާއަށް
  • މޭބިސްކަދުރު: 25 ރުފިޔާއަށް 100 ގްރާމް
  • އަނބު: 80-100 ރުފިޔާއަށް ކިލޯއެއް (ރާއްޖެ އަނބު)
  • ބޭރު އަނބު: 80 ރުފިޔާއަށް ކިލޯއެއް

ތަރުކާރީއާއި ފަތްޕިލާވެލީގެ އަގުތައް:

  • އަލުވި: 20 ރުފިޔާއަށް ކިލޯއެއް
  • ކިއުކަމްބާ: 60 ރުފިޔާއަށް ކިލޯއެއް
  • ބަށި: 70 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 75-80 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 70 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 70 ރުފިޔާއަށް ކިލޯއެއް
  • ތޮޅިމިރުސް: 300 ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 450-500 ރުފިޔާއަށް ކިލޯއެއް
  • ލުނބޯ: 60 ރުފިޔާއަށް ކިލޯއެއް
  • ކެޕްސިކަމް: 60 ރުފިޔާއަށް ކިލޯއެއް
  • ކެރެޓު: 30-40 ރުފިޔާއަށް ކިލޯއެއް
  • އިނގުރު: 60 ރުފިޔާއަށް ކިލޯއެެއް

ފަތްޕިލާވެއްޔާއި ކާށީގެ އަގުތައް:

  • ކަންކުން: 15 ރުފިޔާއަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 15 ރުފިޔާއަށް ބޮނޑިއެއް
  • ހިކަނދިފަތް: 15 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
  • ކާއްޓެއް: 30 ރުފިޔާއަށް
  • ގަބުޅިއެއް: 20-30 ރުފިޔާއަށް

މަސްމާރުކޭޓުގެ އަގުތައް

  • ކަނޑުމަސް 25-30 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 35-45 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 55 ރުފިޔާއަށް މަހެއް
  • ހަންޖެއް: 220-250 ރުފިޔާއަށް
  • ރަތްމަސް: 120 ރުފިޔާއަށް ކިލޯ
  • މުށިމަސް: 20 ރުފިޔާ އަށް ހަތަރު މަސް
  • ދޮންމަސް: 20-30 ރުފިޔާ އަށް ހަތަރު