ނެޝަނަލެ އިންޓެގްރިޓީ ކޮމިޝަން ހިންގާނެ އޮފީސް އިމާރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އިދާރާ ހިންގާނެ އޮފީސް އިމާރާތެއް ހޯދަނީ ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ.
މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދަން ނިންމާފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުސޫލުގެ މަތިންނެވެ.
އެ އިއުލާނުގައިވާ ގޮތުން:
- ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ
- ޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް މާޗު 4ގެ ހެނދުނު 10:00 ކުރިން
- ބިޑު ހުޅުވުން އޮންނާނީ އެ ދުވަހުގެ 11 ޖަހާއިރު
އެންއައިސީ މިހާރު ހިންގަމުންދަނީ ސީޓްރެކް ބިލްޑިންގައެވެ.
އާއިޝަތު މާހާ
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން