ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 20 ވާ ބުދަ ދުވަހުގެ 12:00އާ ހަމައަށެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި އެންއައިސީގެ މެންބަރުކަމުގެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އެންއައިސީގެ މެންބަރު ކަމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން އަދި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
އެންއައިސީއަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލާނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅު އެޅުމާ ބެހޭ ކަންކަން ކުރުމަށްޓަކައި ގާނޫނުން އުފައްދާފައިވާ ކޮމިޝަނެކެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް އަމިއްލަ އިސްނެގުމުގެ މަތިން ބެލުމުގެ ބާރު މި ކޮމިޝަނަށް ލިިބިގެންވެއެވެ. އެ ކޮމިޝަން އުފެއްދީ 2015 ވަނަ އަހަރެވެ.
އެންއައިސީގައި މިހާރު ތިބެނީ ފަސް މެމްބަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު