ވަން މީޑިއާ ގްރޫޕުން "ވަން ފޮޓޯ ޗެލެންޖު"ގައި ބައިވެރިވެގެން ކޮންމެ ދުވަހަކު ދެ މީހަކަށް ރޯދަވީއްލުމެއް ލިބޭ ޗެލެންޖެއް ފަށައިފިއެވެ.
"ވަން ފޮޓޯ ޗެލެންޖު" މިއަދު ފަށާފައިވާ އިރު، އެ ޗެލެންޖު ކުރިއަށްދަނީ ވަން އޮންލައިންގެ އިންސްޓަގްރާމް މެދުވެރިކޮށެވެ.
އެ ޗެލެންޖުގައި ރެސްޓޯރެންޓެއްގެ ލޯގޯގެ ފޮޓޯ ނުވަތަ ރެސްޓޯރެންޓުގެ ބޭރު ނުވަތަ އެތެރޭގެ "ބްލާ" ކޮށްފައިވާ ފޮޓޯއިން ފެންނަނީ ކޮން ރެސްޓޯރެންޓެއްކަން ދިމާކުރަން ޖެހޭނެއެވެ. މި ހަފުތާ ހާއްސަކޮށްފައިވަނީ ރެސްޓޯރެންޓުތަކުގެ ލޯގޯއަށެވެ.
"ވަން ފޮޓޯ ޗެލެންޖު"ގައި ބައިވެރިވުމަށް:
- ޕޯސްޓުގެ ކޮމެންޓުގައި އެ ރެސްޓޯރެންޓެއް ޓެގް ކުރުން
- ވަން އޮންލައިންގެ އިންސްޓަގްރާމް ފޮލޯ ކުރުން
- ސްޓޯރީގައި ޕޯސްޓް ޝެއާ ކުރުން
އެކަންކަން ފުރިހަމަކޮށް ކޮންމެ ދުވަހަކު ވެސް ފޮޓޯގައިވާ ރެސްޓޯރެންޓުގެ ރަނގަޅު ނަން ފޮނުވާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ގުރުއަތު ނަގާ އިރު، ގުރުއަތުން ހޮވޭ މީހަކަށް އިނާމެއްގެ ގޮތުގައި އެ ރެސްޓޯރެންޓަކުން ދެ މީހަކަށް ރޯދަ ވީއްލުމެއް ލިބޭނެއެވެ.
ޗެލެންޖުގެ ފޮޓޯ، ވަން އޮންލައިންގެ އިންސްޓަގްރާމް ޕޯސްޓުކުރާނީ ކޮންމެ ރެއެއްގެ މެންދަމު 12:00 ގައެވެ. އަދި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރު 1:00 ގައެވެ. ގުރުއަތުން ހޮވޭ މީހާގެ ނަން ވެސް އިއުލާންކުރާނީ ވަން އޮންލައިންގެ އިންސްޓަގްރާމް މެދުވެރިކޮށެވެ.
ރޯދަ 2026
ރޯދަ 2026
ރޯދަ 2026