ސްކޭމް މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.
ބަންދުގެ މުއްދަތު އިތުރުކުރި ދެ މީހުންގެ ތެރެއިން ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުހައްމަދު (36އ) އަކީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ހައްޔަރުު ކުރި މީހެކެވެ.
ފުލުހުން ބުނީ މިމަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު ކޭޝް ކާޑުތަކަކާއި ސިމް ކާޑުތަކަކާއި މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާ އާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.
"ނަދީފް މުހައްމަދު ހައްޔަރުކޮށްފައިވަނީ ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ. މީނާއަކީ މިފަދަ ސްކޭމްތައް ރާވައި ހިންގުމާއި، ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވަމުންދާ މީހެއްކަމަށް ތުހުމަތުކުރެވެއެވެ" ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އެދުވަހު ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ. ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމަށް އިއްޔެ އޭނާ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފައެވެ.
ސްކޭމް މައްސަލައިގައި ދެން ހިމެނޭ މީހަކީ ސ. ހިތަދޫ ދާގަނޑުކެކުރިގެ ޝާފިއު ޝިހާބު (33އ) އެވެ. އޭނާގެ ބަންދަށް ޖަހާފައި ވަނީ ފަސް ދުވަހުގެ މުއްދަތެކެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް