މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ވަނަ ދުވަހެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމުން ބާޒާރުމަތި މިއަދު ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. އަދި ބާޒާރުގައި މިއަދު ގިނަ ބާވަތްތައް ނަން ހުސްކޮށް ލިބެން ހުރިއިރު، ގިނަ ބާވަތްތަކުގެ އަގުތައް ވަނީ އުފުލިފައެވެ. އަދި ބައެއް ބާވަތްތަކުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ފަނިގިރާ ބާވަތްތަކުގެ އަގުތައް:
- ކަރާ: 25-30 ރުފިޔާއަށް ކިލޯއެއް
- ރޮކް މެލަން: 50 ރުފިޔާއަށް ކިލޯއެއް
- ސްވީޓް މެލަން: 40 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 80 ރުފިޔާއަށް ކިލޯއެއް
- ދިވެހި ފޭރު: 160 ރުފިޔާ ރުފިޔާއަށް ކިލޯއެއް
- ކުރުނބައެއް 40-50 ރުފިޔާއަށް
- ފެޝަން ފުރުޓް: 90 ރުފިޔާއަށް ކިލޯއެއް
- ދޮންކެޔޮ: 60 ރުފިޔާއަށް ކިލޯއެއް
- ފުސްކެޔޮ: 50 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 30-45 ރުފިޔާއަށް ކިލޯއެއް
- ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
- ރޯ ކަދުރު: 300 ރުފިޔާއަށް ކިލޯއެއް
- އޮރެންޖެއް: 14 ރުފިޔާއަށް
- މެންޑްރިން: 80 ރުފިޔާއަށް ކިލޯ
- އަންނާރު: 110 ރުފިޔާއަށް ކިލޯ
- އާފަލެއް: 10 ރުފިޔާއަށް
- މޭބިސްކަދުރު: 25 ރުފިޔާއަށް 100 ގްރާމް
- އަނބު: 80-100 ރުފިޔާއަށް ކިލޯއެއް (ރާއްޖެ އަނބު)
- ބޭރު އަނބު: 80 ރުފިޔާއަށް ކިލޯއެއް
ތަރުކާރީއާއި ފަތްޕިލާވެލީގެ އަގުތައް:
- އަލުވި: 20 ރުފިޔާއަށް ކިލޯއެއް
- ކިއުކަމްބާ: 65 ރުފިޔާއަށް ކިލޯއެއް
- ބަށި: 70 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 80 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 70 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 70 ރުފިޔާއަށް ކިލޯއެއް
- ތޮޅިމިރުސް: 300 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 450-500 ރުފިޔާއަށް ކިލޯއެއް
- ލުނބޯ: 60 ރުފިޔާއަށް ކިލޯއެއް
- ކެޕްސިކަމް: 60 ރުފިޔާއަށް ކިލޯއެއް
- ކެރެޓު: 35 ރުފިޔާއަށް ކިލޯއެއް
- އިނގުރު: 60 ރުފިޔާއަށް ކިލޯއެެއް
- ފަތްޕިލާވެއްޔާއި ކާށީގެ އަގުތައް:
- ކަންކުން: 15 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް: 15 ރުފިޔާއަށް ބޮނޑިއެއް
- ހިކަނދިފަތް: 15 ރުފިޔާއަށް ބޮނޑިއެއް
- ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
- ކާއްޓެއް: 30 ރުފިޔާއަށް
- ގަބުޅިއެއް: 20-30 ރުފިޔާއަށް
މަސްމާރުކޭޓުގެ އަގުތައް
- ކަނޑުމަސް 35 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 35-45 ރުފިޔާއަށް ކިލޯއެއް
- މާނިޔަ މަސް: 55 ރުފިޔާއަށް މަހެއް
- ހަންޖެއް: 200-250 ރުފިޔާއަށް
- މުށިމަސް: 20 ރުފިޔާ އަށް ހަތަރު މަސް
- ދޮންމަސް: 20-30 ރުފިޔާ އަށް ހަތަރު
އަލީ ޔާމިން
ރޯދަމަސް
ރޯދަމަސް
ރޯދަމަސް
ރޯދަމަސް