އަލަށް ޓީމަށް ގެންދިޔަ އިންގްލެންޑްގެ ވިންގް، ރަހީމް ސްޓާލިން ތަމްރީނުތަކުގައި ބައިވެރިކުރުމަށް ފައިނޫޑުގެ ތަމްރީނުތައް މިހަފުތާ ބެލްޖިއަމްގައި ކުރަން ނިންމާފައިވާ ކަމަށް ކޯޗު ރޮބިން ވެން ޕާސީ ބުނެފައިވެއެވެ.
މިވަގުތު ސްޓާލިންގެ ވިސާގެ ކަންކަން އެއްކޮށް ނުނިމި އޮތުމުން، އުމުރުން 31 އަހަރުގެ އެޓޭކަރަށް ފައިނޫޑާއެކު ނެދަލޭންޑްސްގައި ތަމްރީނުކުރެވޭނެ އުސޫލެއް އަދި ނެތެވެ. ވިސާ ކަންތައްތަކަށް ހަފުތާއެއް ނަގާ އިރު، އެކަން ނުނިމި އޮތުމުން ސްޓާލިންނާއެކު ޓީމު ތަމްރީނުކުރުމަށް، އެ ކްލަބުން ވަނީ ބެލްޖިއަމަށް ފަރިތަކުރުންތައް ބަދަލުކޮށްފައެވެ.
އެއީ ބެލްޖިއަމް ފުޓުބޯޅަ އެސޯސިއޭޝަންގެ ތަމްރީނު ފެސިލިޓީއެއް ކަމަށްވާ ޓުބީޒޭގައެވެ.
ފައިނޫޑުން ދެން ކުޅެން އޮތް މެޗަކީ އާދީއްތަ ދުވަހުގެ ރޭ ޓެލްސްޓާއާ ދެކޮޅަށް އޮތް މެޗެވެ. އެމެޗަށް ތައްޔާރުވާން ބެލްޖިއަމްގައި ދެ ދުވަހު ތަމްރީނު ކުރުމަށްފަހު، ޓީމު އެނބުރި ބެލްޖިއަމަށް ދާނީ މާދަމާ ކަމަށްވެސް ވެން ޕާސީ ބުނެފައިވެއެވެ.
ޕާސީ ބުނީ އެދުވަހާ ހަމައަށް ސްޓާލިންގެ ވިސާ ކަންކަން އެއްކޮށް ނިމޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ސްޓާލިން ފައިނޫޑަށް ސޮއިކުރީ މިދިޔަ ހަފުތާ ބުރާސްފަތި ދުވަހުއެވެ. އެއީ ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި، ފްރީ އެޖެންޓެއްގެ ގޮތުގައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު