އިންޑިއާ، ބަންގްލަދޭޝް އަދި ސްރީ ލަންކާއަށް މުލަ ރޯދައަކީ މާދަމާ ކަމަށް ރިޕޯޓުތަކުން ބުނެފިއެެވެ.
1447 ވަނަ އަހަރުގެ ރޯދަމަހުގެ ހަނދު ސާބިތުކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން އިއްޔެ މަސައްކަތް ކޮށްފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ގައުމުތަކަކަށް މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މިއަދުއެވެ.
ގައުމުތަކުގެ ތެރެއިން ރާއްޖެއާއި އަވަށްޓެރި ގައުމުތަކަށް ރޯދަމަސް ފެށެނީ މާދަމާއެވެ. އެގޮތުން އިންޑިއާއާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އިން މިއަދު ހަނދު ސާބިތުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެގައުމުތަކުން ބުނެއެވެ. ޕާކިސްތާނުން ވެސް ހަނދު ސާބިތުކުރުން ވަނީ މިއަދަށް ތައާވަލްކޮށްފައެވެ.
އަރަބި ގައުމުތަކާއި ޔޫރަޕް އަދި އޭޝިޔާގެ ބައެއް ގައުމުތަކުން އިއްޔެ ހަނދު ސާބިތުކޮށް މިއަދު ރޯދަމަސް ވަނީ ފަށައިފައެވެ.
ސައުދީ އަރަބިއްޔާއިން ވެސް ވަނީ އެގައުމަށް އިއްޔެ ހަނދު ފެނިފައިވާ ކަމަށާއި އެ ގައުމަށް ވެސް މިއަދު މިއީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ނިންމައިފައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް