ބަންގުލަދޭޝްގެ އާ ބޮޑުވަޒީރު ތާރިގް ރަހްމާނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބަންގުލަދޭޝްގައި ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި ތާރިގް ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ވަނީ ތާރިގްއާ ބައްދަލުކުރައްވައިފައެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. ކުރިއަށްއޮތް ތަނުގައި ދެ ގައުމުގެ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިވެގެންދާން އެދޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު