އއ. ތޮއްޑު އަށް ސީޕްލޭންގެ ދަތުރުތައް މިއަދު ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، 20 އޯގަސްޓް 2025 ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަނީ އެ ރަށުގައި ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެ ވައުދުފުޅާ އެއްގޮތަށް މިއަދު ވަނީ ތޮއްޑުއަށް ސީޕްލޭންގެ ދަތުރުތައް ފަށައިފައެވެ،

މޯލްޑިވިއަންގެ އޮފިޝަލަކު "ވަން" އަށް އިއްޔެ ވިދާޅުވި ގޮތުގައި ސީޕްލޭން، ތޮއްޑޫއަށް ދަތުރުކުރާނީ ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

ސީޕްލޭންގައި، ތޮއްޑުއަށް ކުރާ ދަތުރުގެ ޓިކެޓު އަގަކީ ކޮޅަކަށް 799 ރުފިޔާއެވެ.