ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހައި މަސްދަޅު ކޭސްތައް ބެހުމުގެ އެންމެ ފަހުގެ ކަންކަން މިރޭ 11:00 އަށް ނިންމާލާނެ ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ސިޓީތަކާއި އިދާރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލް ގަފޫރް ވިދާޅުވީ، މަސްދަޅު ކޭސްތައް ބެހުމުގެ ކަންކަން ދިޔައީ ވަރަށް އަމާންކަމާއެކު ކަމަށެވެ.
އޭނާ ވިދާޅުވީ، މަދު ރަށެއް ފިޔަވައި ހުރިހާ ރަށެއްގެ ގޭބިސީތަކަށް މަސްދަޅު ކޭސްތައް ހަވާލުކުރެވިފައިވާ ކަމަށެވެ.
ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި 15 ތަނެއްގައި މަސްދަޅުކޭސް ބެހުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
ގަފޫރު ވިދާޅުވީ، މާލެ ސަރަހައްދުން ރެއާ ހަމައަށް 43،923 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ.
ގަފޫރު އިތުރަށް ވިދާޅުވީ، މިރޭގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ،
އަލީ ޔާމިން
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް