ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް އާއި ޑައިރެކްޓަރު އަދިތިޔަ ދާރް ގުޅިގެން އުފައްދާ ފިލްމު "ދުރަންދަރު 2" ސިނަމާތަކުގައި އެޅުވުމުގެ ކުރިން، އޭގެ ޑިޖިޓަލް، ސެޓެލައިޓް އަދި މިޔުޒިކް ރައިޓްސް ރެކޯޑް އަދަދަކަށް ވިއްކާލައި ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މީޑިއާ ރިޕޯޓްތަކުގައި ވާގޮތުގައި، މި ފިލްމުގެ ތިއޭޓަރީ ނޫން ރައިޓްސް ޖުމުލަ 245 ކްރޯޑް ރުޕީސް އަށް ވަނީ ވިއްކާލާފައެވެ. މިއީ ފަހުގެ ތާރީހެއްގައި ހިންދީ ސިނަމާގައި މިފަދަ ޑީލެއް ހެދި އެންމެ ބޮޑު އެއް ފިލްމެވެ.
މި ޑީލްގެ ތަފްސީލަށް ބަލާއިރު، ފިލްމުގެ ޑިޖިޓަލް ސްޓްރީމިން ރައިޓްސް "ޖިއޯ ހޮޓްސްޓާ" އިން ގަނެފައިވަނީ 150 ކްރޯޑް ރުޕީސް އަށެވެ. އަދި ހުރިހާ ބަހެއްގެ ސެޓެލައިޓް ރައިޓްސް "ސްޓާ ނެޓްވޯކް" އިން 50 ކްރޯޑް ރުޕީސް އަށް ގަނެފައިވާއިރު، ފިލްމުގެ މިޔުޒިކް ރައިޓްސް "ޓީ-ސީރީޒް" އިން ވަނީ 45 ކްރޯޑް ރުޕީސް އަށް ގަނެފައެވެ.
ފާއިތުވި އަހަރުތަކުގައި ސެޓެލައިޓް ރައިޓްސްގެ އަގުތައް ދަށްވަމުން އައި ނަމަވެސް، "ދުރަންދަރު 2" އަށް ލިބުނު މި އަގަކީ ހިންދީ ސިނަމާގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ފަދަ މަތީ އަގަކަށް ވަނީ ވެފައެވެ.
މި ފްރެންޗައިޒްގެ ފުރަތަމަ ބައި "ދުރަންދަރު 1" ގެ ރައިޓްސް ވިއްކާލާފައިވަނީ ގާތްގަނޑަކަށް 140 ކްރޯޑް ރުޕީސް އަށެވެ. އެހެންކަމުން، ދެވަނަ ބައިން މިވަނީ ކުރީގެ ރެކޯޑް ދެގުނައަށް ވުރެ ބޮޑުކޮށްފައެވެ. މި ދެ ފިލްމުން "ޖިއޯ ސްޓޫޑިއޯސް" އަށް ލިބޭނެ ފައިދާ ވަރަށް ބޮޑުވާނެ ކަމަށް ބެލެވިފައިވާއިރު، މި ފިލްމުގެ ވިޔަފާރީގެ ތަފްސީލުތައް އަންނަ އޭޕްރީލް މަހު ހާމަކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް