ދިވެހި މުޖުތަމައުގެ ތެރޭގައި އިހުތިރާމް އަދާކުރުމުގެ ރީތި ސަގާފަތް އަށަގެންނެވުމުގެ ގޮތުން "ބިންގާ" ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށަން ހަމަޖެހިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބިނާތަކާއި އިމާރާތްތަކަކީ ތަރިކައިގެ މާއްދީ ބައި ކަމަށެވެ.
"ހަމަ އެހެންމެ ތަރިކައިގެ މާނަވީ ބައި އިއާދަކުރުމަށްވެސް މިއަހަރު މަސައްކަތްތަކެއް ކުރަން ވަނީ ހަމަޖެހިފަ، މިގޮތުން ހާއްސަ ސަމާލުކަމެއް ދޭނެ އެއް ދާއިރާއަކީ ދިވެހީންގެ މާތް އަހްލާގާއި އަދަބުވެރި ގޮތްތައް، މި ސިފަތައް ގެއްލި ދިޔަނުދިނުމަށްޓަކައި، ދިވެހިންގެ ރީތި އުޅުމާއި ގުޅުން އިޔާދަކޮށް ތަރައްގީކުރުމުގެ ގައުމީ ތަސައްވަރެއް އެކުލަވައިލައި، އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް މި އަހަރު ފަށާނަން،"
އެއާއެކު އިހުތިރާމުކުރުމުގެ ސިފަ އަށަގެންނެވުމުގެ ގައުމީ ކެމްޕޭނެއް މުޅި ރާއްޖޭގައި ކުރިޔަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަށް ބޭނުންވާ ގާނޫނުތައް ވުޖޫދުކުރުމަށްޓަކައި ދަނީ މަސައްކަތްތައް ކުރަމުން ކަމަށާއި، ދިވެހި ގައުމީ ރަމްޒުތަކުގެ ބިލާއި ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު