އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާންމުކޮށްފިއެވެ.

އެ ފަރާތްތަކުގެ ނަން މީރާއިން އާންމުކޮށްފައިވަނީ ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން 2024 ވަނަ އަހަރުގެ އާމްދަނީން ޓެކުހުގެ ގޮތުގައި ނުދައްކާ އަދަދު 100،000ރ. އަށް ވުރެ އިތުރުވެފައިވާތީއެވެ.

މީރާއިން އާންމުކޮށްފައިވާ އެ ލިސްޓުގައި އާންމު ވަކިވަކި ފަރާތްތަކާއި ވިޔަފާރިތައް ހިމެނެއެވެ. އެ ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ:

  1. އަހުމަދު ލަސާން މުހައްމަދު (ނިއު ޒީލް، ގދ. ތިނަދޫ)
  2. އަލީ ޒާހިރު (ހ. އިރުވެލިގެ)
  3. އަމްލޮގް ޕްރައިވެޓް ލިމިޓެޑް
  4. އެޓޮއްލޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  5. އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  6. ސީޕްރިއާ ޕްރައިވެޓް ލިމިޓެޑް
  7. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް
  8. އީއާރުއައި ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް
  9. ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް
  10. އައި އެންޑް ސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް
  11. އިބްރާހިމް ހަބީބް (ކުންނާރުގަސްދޮށުގެ، ނ. ހޮޅުދޫ)
  12. އައިއެމްޕީ ޕްރައިވެޓް ލިމިޓެޑް
  13. ޖޭ ބްރަދާސް ލިމިޓެޑް
  14. ޖާހު ޕްރައިވެޓް ލިމިޓެޑް
  15. ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑް
  16. ކޭއެސްޖީ އޯވަސީސް
  17. މެޕްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  18. އެމްއެފް ޓްރޭޑިން ހައުސް ޕްރައިވެޓް ލިމިޓެޑް
  19. މުހައްމަދު ސަދާން ޖައުފަރު (ވަގުތު، ހދ. ކުޅުދުއްފުށި)
  20. އޮޕްޓިމާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް
  21. ޕްރިސްވޯޓާ ޕްރައިވެޓް ލިމިޓެޑް
  22. ޝޮޓް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  23. ސިއެރާ ސްޓާ ޖޭވީ
  24. ޓިމްބާ ސްޓޯރު ޕްރައިވެޓް ލިމިޓެޑް
  25. ޔޯމަން އެޖެންސީސް މޯލްޑިވްސް

ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން ދަނީ އާންމު ކުރަމުންނެވެ. ނަން އާންމު ކުރުމުގެ އިތުރުން ޓެކްސް ފައިސާ އެ ކުންފުނިތަކުން ހޯދުމަށް އިތުރު ފުރުސަތުދީ، އެ ފުރުސަތުގައި ވެސް ޓެކްސް ނުދައްކައިފި ނަމަ، މީރާއިން އެ ކުންފުންޏަކާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައެވެ. އަދި ބައެއް ފަހަރު ބޭންކު އެކައުންޓް ފްރީޒްކޮށްގެން ވެސް ޓެކްސްގެ ފައިސާ މީރާއިން ހޯދައެވެ.