ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް މުހިންމު ރޯލުން ފެނިގެންދާ ފިލްމު "ދުރަންދަރު 2: ދަ ރިވެންޖް" ގެ މަސައްކަތްތައް ކުރިއަށްދަނިކޮށް، ގާނޫނީ ބޮޑު މައްސަލައެއް ކުރިމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ދެކުނު މުމްބާއީގެ ސަލާމަތީ ގޮތުން ނާޒުކު ސަރަހައްދެއް ކަމަށްވާ "ފޯޓް" އޭރިއާގައި ހުއްދަނެތި ޑްރޯން އެރުވުމާ ގުޅިގެންނެވެ.
މި މައްސަލައިގައި ފިލްމުގެ ލޮކޭޝަން މެނޭޖަރު ރިންކޫ ރާޖްޕާލް ވަލްމީކީއާ ދެކޮޅަށް އެމް.އާރް.އޭ މާގް ޕޮލިސް ސްޓޭޝަނުން މިހާރު ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޝޫޓިން ކުރިއަށްދިޔަ ސަރަހައްދަކީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ، ގިނަ އިދާރާތަކެއްގެ ހުއްދަ ބޭނުންވާ ސަރަހައްދެކެވެ. ނަމަވެސް، އެއްވެސް ހުއްދައަކާ ނުލައި ވައިގެ މަގުން މަންޒަރުތައް ނެގުމަށް ޑްރޯން ބޭނުންކުރުމުން ފުލުހުން ވަނީ އެކަން ހުއްޓުވާފައެވެ.
މި ހާދިސާ ހިނގި ދުވަހަކީ ފިލްމުގެ ޝޫޓިންގެ ތިންވަނަ ދުވަހެވެ. އެ ދުވަހު ފިލްމުގެ މަންޒަރުތަކެއް ނެގުމުގައި މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ވެސް ބައިވެރިވެފައިވެއެވެ.
ފިލްމުގެ ޓީޒާ މިހާރު ވަނީ ޖިއޯ ސްޓޫޑިއޯސް އާއި B62 ސްޓޫޑިއޯސް އިން އާންމުކޮށްފައެވެ. ނަމަވެސް، ފުރަތަމަ ފިލްމުގެ މަންޒަރުތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ޓީޒާއާ މެދު ސޯޝަލް މީޑިއާގައި ފޭނުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
"ދުރަންދަރު" ގެ ފުރަތަމަ ފިލްމަކީ މުޅި ދުނިޔެއިން 1,300 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ. ދެވަނަ ބައިގައި ރަންވީރު ސިންގް ފެނިގެންދާނީ ހަމްޒާ އަލީ މަޒާރީގެ ރޯލުންނެވެ. އޭނާ މި ފިލްމުގައި ކުރިމަތިލާނީ އަރުޖުން ރާމްޕާލް ކުޅޭ މޭޖާ އިގްބާލްގެ ކެރެކްޓަރާއެވެ.
"ދުރަންދަރު 2: ދަ ރިވެންޖް" ސިނަމާތަކަށް އަންނާނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ. މި ފިލްމާ އެއް ދުވަހެއްގައި އެކްޓަރު ޔަޝްގެ "ޓޮކްސިކް" ވެސް ރިލީޒްކުރަން ހަމަޖެހިފައިވާތީ، ބޮކްސް އޮފީހުގައި ބޮޑު ވާދަވެރިކަމެއް ފެންނާނެ ކަމަށް ވަނީ ބެލެވިފައެވެ.
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް