ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހިތާނީ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިފަހަރުގެ ހިތާނީ ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށެވެ. މި ކޭމްޕުގައި 200 އަށްވުރެ ގިނަ ކުދިން ހިތާނުކޮށްފައިވާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
މި ކޭމްޕުގެ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ތަޖުރިބާކާރު ސާޖިކަލް އަދި ޔޫރޮލޮޖީ ޓީމަކުންނެވެ. މި ޓީމުގައި ހިމެނެނީ ޑރ. މޫމިން، ޑރ. އުކްތަމް، ޑރ. ހުސައިން، ޑރ. ޝަރީފް، ޑރ. އޯޑަރ އަދި ޑރ. އުބައިދުއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ކޭމްޕަށް ތައާރަފްކުރި ޕެކޭޖަކީ ބެލެނިވެރިންނަށް ލުއިފަސޭހަ ވާނެހެން ހުރިހާ ހިދުމަތެއް ހިމެނޭހެން ފަރުމާކޮށްފައިވާ ޕެކޭޖެއް ކަމަށެވެ. މީގެ ތެރޭގައި ހިތާނުކުރުމުގެ ކުރިން ހަދަންޖެހޭ ލެބޯޓްރީ ޓެސްޓުތަކާއި ކޮންސަލްޓޭޝަންތަކުގެ އިތުރުން، އޮޕަރޭޝަން ވަގުތުގެ ހުރިހާ ހަރަދަކާއި ބޭނުންވާ ބޭހާއި އަދި އޮޕަރޭޝަނަށްފަހު ދޭންޖެހޭ ފޮލޯ-އަޕް ހިދުމަތްތައް ހިމެނޭ ކަމަށެވެ. އަދި ކޮންމެ ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދީފައިވާއިރު، ހޮސްޕިޓަލުގެ ރޫމް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ވެސް ހާއްސަ އަގުތަކެއްގައި ފޯރުކޮށްދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި ކޭމްޕަށް ބެލެނިވެރިންގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން ކުރިއަށް އޮތް އަހަރުގެ ކޭމްޕް ބޭއްވުމުގެ ތައްޔާރީތައް އެ ހޮސްޕިޓަލުން މިހާރު ވަނީ ފަށައިފައެވެ. އަދި ކުރިއަށް އޮތް ކޭމްޕްގެ ތާރީހުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް