ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްޔަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމް މިއަދު ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ނާޒިމްގެ މި ދަތުރުފުޅަކީ، ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ގެ ހަތްވަނަ އޭޝިއާ ރީޖަނަލް ކޮންފަރެންސް އާއި، ސީޕީއޭ އޭޝިއާ އާއި ސައުތު އީސްޓް އޭޝިއާގެ ދެވަނަ ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް، ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރީޖަނަލް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި، ސީޕީއޭ އޭޝިއާ ސަރަހައްދުގެ ރިޔާސަތު (68 އިން ފެށިގެން 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސާ ހަމައަށް، ރައްޔިތުންގެ މަޖިލީހާ ރަސްމީކޮށް ހަވާލުކުރެވޭނެއެވެ.
ޕާކިސްތާނުގެ ސިންދު ޕްރޮވިންޝަލް އެސެމްބްލީން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ، "މުސްތަގުބަލުގެ ޕާލިމެންޓުތައް، އިތުބާރާއި، ޝާމިލުވުމާއި، އާ އީޖާދުތަކާއި ސުލްހައިގެ ތެރެއިން ޑިމޮކްރަސީ އަލުން ބައްޓަންކުރުން" އެވެ.
މިއަދުން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހާ ހަމައަށް ކުރައްވާ މި ދަތުރުފުޅުގައި ނާއިބު ރައީސްގެ އަރިހުގައި، ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް އާއި މަޖިލިސް އިދާރާގެ ސީނިއާ ފޮރިން ރިލޭޝަންސް އޮފިސަރު، އާއިޝަތު އީމާން ބައިވެރިވެވަޑައިގަންނަވައެވެ.
އިބްރާހިމް ޒަކީ
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް