ޕްރައިވެޓް ކެނޑިޑޭޓުންގެ ގޮތުގައި އެޑެކްސެލް އޭ ލެވެލް ހަދަން ބޭނުންވާ ފަރާތްތަކަށް މިއަހަރުން ފެށިގެން މެއި / ޖޫން މަހު ރާއްޖޭގައި އެ އިމްތިހާނު ހެދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
2019 ވަނަ އަހަރަށްފަހު މެއި / ޖޫން މަހު ރާއްޖޭގައި އޭ ލެވެލް އިމްތިހާނު ބޭއްވުން ވަނީ ހުއްޓާލައިފައެވެ. މިހާރު އެ އިމްތިހާނު ބާއްވަނީ އޮކްޓޯބަރު / ނޮވެމްބަރުގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިއަހަރުން ފެށިގެން އޭ ލެވެލް އިމްތިހާނު މެއި / ޖޫން މަހު ރާއްޖޭގައި އޮންނާނެ ކަމަށެވެ.
މެއި / ޖޫން މަހު ރާއްޖޭގައި އެ އިމްތިހާނު ބޭއްވުން ހުއްޓާލުމާ ގުޅިގެން އެ އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ރާއްޖޭން ބޭރަށް ގޮސް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެވްރެޖްކޮށް ކުއްޖަކު އަތުން 30،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުވާކަން މިނިސްޓްރީއަށް ފާހަގަކުރެވޭ ކަމަށެވެ.
އަހަރުގެ މެދުތެރޭގައި އޭ ލެވެލް އިމްތިހާނު ބޭއްވި ނަމަވެސް ސްކޫލް ކުދިންނަށް އެ އިމްތިހާނު އޮންނާނީ އޮކްޓޯބަރު / ނޮވެމްބަރު މަހުއެވެ.
މިއަހަރު ބާއްވާ އިމްތިހާނާ ގުޅޭ މައުލޫމާތު މި މަހު 4 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ލިބެން ހުންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އާއިޝަތު މާހާ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ