ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކުރުމަށް އަދި ކެޓަގަރީއަށް ނަގާ ފީ 50 ޕަސަންޓަށް ކުޑަކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރަން އަމަލުކުރަމުން އަންނަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް، ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އިންތިގާލީ އުސޫލުގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީ ކުރުމުގައި އެ އޮތޯރިޓީން ނަގަމުންދާ ރަޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

އެ ފީތައް 50 ޕަސަންޓަށް ކުޑަކުރަން ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކުރުމަށް އަދި ކެޓަގަރީއަށް ނަގާ ފީތައް ކުޑަކުރަން ނިންމާފައިވަނީ މިއަދުން ފެށިގެން ދެ އަހަރުގެ މުއްދަތަށެވެ.