މި އަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، 267 ސެންޓަރެއްގައި މިއަދު އިމްތިހާނު ހަދާނެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޖުމްލަ 8،218 ދަރިވަރުން ޓެސްޓު ހަދާނެއެވެ. އެއީ ރަށްރަށުގެ 246 ސެންޓަރަކާއި މާލޭގެ 21 ސެންޓަރެއްގައެވެ.
މިއަދުން ފެށިގެން އަންނަ މާޗު މަހުގެ ހައެއްގެ ނިޔަލަށް ކުރިއަށް ގެންދާ އިމްތިހާނުގައި މިއަދު އޮތީ ދިވެހި މާއްދާއެވެ.
މި އަހަރު ގްރޭޑު ދިހައެއް ނިންމާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު ފަށާނީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
އަލީ ޔާމިން
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ