އުރީދޫ މޯލްޑިވްސް އިން މި އަހަރުގެ ކަލަންޑަރު "ޓީ ވިތް އުރީދޫ" ގެ ނަމުގައި ނެރެފިއެވެ.
ކޮންމެ އަހަރަކުވެސް އުރީދޫގެ ކަލަންޑަރުން ކިޔައިދެނީ ދިވެހި ސަގާފަތާއި އުފެއްދުންތެރިކަމާއި ތަޖުރިބާ ހިއްސާ ކުރާ ވާހަކަތަކެވެ.
އުރީދޫން ބުނި ގޮތުގައި މި އަހަރުގެ ކަލަންޑަރުގައި ފާހަގަކުރަމުން އަންނަނީ ރާއްޖޭގެ ޖީލުތަކާއި މުޖުތަމައުތައް ގުޅުވައިދޭ ސަގާފަތެއް ކަމަށްވާ "ސައި" ގެ މައްޗަށް ކަމަށެވެ.
ޒަމާނުއްސުރެ ރާއްޖޭގެ ގޭގޭގައި ސަޔަކީ ހަމައެކަނި ބުއިމަކަށް ވުރެ މާ ބޮޑު އެއްޗެކެވެ. އެއީ ދުވަސް ފެށުމަށާއި ބުރަ ދުވަހެއްގެ މެދުތެރެއިން ހަމަޖެހިލުމަށް ނަގާ ބްރޭކެއް ނުވަތަ އާއިލާ އާއި ރަހުމަތްތެރިން ބައްދަލުވާ ގޮތެކެވެ. "ހިނގާ ސަޔައް؟" މި ލަފުޒަކީ ކޮންމެ ގުޅުމަކަށް، ކޮންމެ މުނާސަބަކަށް ފަހި ސުވާލެކެވެ.
މި ސަގާފަތާ ގުޅުވައިގެން މި އަހަރުގެ ކަލަންޑަރުގައި ކޮންމެ މަހަކު ވެސް ތަފާތު ސައިގެ ބާވަތެއް ހިމަނާފައިވާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނި ގޮތުގައި މި ކަލަންޑަރުގައި ގެނެސްދީފައިވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިބެން ހުންނަ މޭވާ އަދި މާމެލާމެލީގެ ރަހަތައް ހިމެނޭ ސައެވެ. ކޮންމެ ސޮފްހާއަކުން ފެނިގެންދާނީ ސައިތަކުގައި އެކުލެވިގެންވާ މައި ރަހައިގެ ބާވަތްތައް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވި ގޮތުގައި ގުޅުންތަކަކީ ހަމައެކަނި ޓެކްނޮލޮޖީގެ ޒަރީއާއިން ބަދަހިވާ އެއްޗެއް ނޫނެވެ. ސައި ބުއިމުގެ ސަގާފަތަކީ ދިވެހިން އެކަކު އަނެކަކާ ގުޅުން ބަދަހިވުމުގެ މެދުވެރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މުހިންމު ގިނަ ވަގުތު ތަކުގައި، އޮފީސް މަސައްކަތުގައިވިޔަސް، ރައްޓެހިން ނުވަތަ އާއިލާ އެއްވެލާ ވަގުތު ތަކުގައިވެސް ސައި ބުއިމަކީ ދިވެހިންގެ އާދަކާދައިގައި ހިމެނޭ މުހިންމު ކަމެއް. އުރީދޫގެ 2026 ވަނަ އަހަރުގެ ކަލަންޑަރުގެ ތެރެއިން އަޅުގަނޑުމެން ބޭނުންވީ މި އާދަ ކާދަ ދިރުވަން،" ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސް އިން މި އަހަރު ޑެސްކް ކަލަންޑަރުގެ އިތުރުން ފާރުގައި އަޅުވާ ކަލަންޑަރެއް އަދި ޑިޖިޓަލް ކަލަންޑަރެއްވެސް ތައާރަފް ކުރިއެވެ. ކޮންމެ މަހަކު ވެސް ދިވެހި ރަހަތައް ހިމެނިފައިވާ ހާއްސަ ގްރީންޓީ ބްލެންޑެއްގެ ޓީ ކޭކެއް ޑެސްކް ކަލަންޑަރާއެކު ހިމަނާފައިވެއެވެ.
މީގެ އިތުރުން ކަލަންޑަރުގެ ޑިޖިޓަލް ވާޝަނެއްވެސް ލިބެން ހުންނާނެ އެވެ.
އަލީ ޔާމިން
މުނިފޫހިފިލުވުން
އިރާން
ދުނިޔެ
ބޭރު ކުޅިވަރު