އަދިތިޔާ ދާރް ޑައިރެކްޓްކޮށް، ރަންވީރު ސިންގް މުހިންމު ރޯލަކުން ފެނިގެންދާ ސްޕައި ތުރިލާ "ދުރަންދަރް" ދުނިޔޭގެ މަގުބޫލު ފިލްމީ ވެބްސައިޓް، އައިއެމްޑީބީ (IMDb) ގެ ތާރީހީ ގަދަ 250 ފިލްމުގެ ލިސްޓުން ޖާގަ ހޯދައިފިއެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މި ފިލްމު މިހާރު ވަނީ އައިއެމްޑީބީގެ ލިސްޓުގެ 250 ވަނަ އަށް އަރައިފައެވެ. އެއްލައްކައަށްވުރެ ގިނަ މީހުން ދީފައިވާ ވޯޓާއެކު މި ފިލްމަށް ލިބިފައިވަނީ 10 އަކުން 8.5 ގެ ރޭޓިންއެކެވެ. މި ރޭޓިންއާއެކު ފިލްމު އޮތީ މަޝްހޫރު ފިލްމު "ދްރިޝްޔަމް" އަށްވުރެ އެއް ދަރަޖަ ފަހަތުގައެވެ.
އައިއެމްޑީބީގެ މި ލިސްޓަކީ ބެލުންތެރީންގެ މެދުގައި ދުނިޔޭގެ ފެންވަރުގައި އެންމެ އިތުބާރު ހިފޭ އެއް ލިސްޓެވެ. މި ލިސްޓުން ޖާގަ ހޯދާފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި "ގޭންގްސް އޮފް ވަސޭޕޫރް"، "ޑަންގަލް"، "ތާރޭ ޒަމީން ޕަރް"، "3 އީޑިއަޓްސް" އަދި "12th ފެއިލް" ހިމެނެއެވެ.
ދުނިޔޭގެ އެންމެ މޮޅު ފިލްމުގެ ގޮތުގައި މި ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ "ޝޯޝަންކް ރިޑެމްޕްޝަން" އެވެ. ދެވަނައިގައި "ދަ ގޯޑް ފާދާ" އޮތްއިރު، "ދަ ޑާކް ނައިޓް" އާއި "އިންސެޕްޝަން" ފަދަ މަޝްހޫރު ފިލްމުތައްވެސް މި ލިސްޓުގެ ކުރީގައި ހިމެނެއެވެ.
"ދުރަންދަރް" އަކީ ބޮޑު ކާސްޓެއް ފެނިގެންދާ ފިލްމެކެވެ. ރަންވީރު ސިންގްގެ އިތުރުން އަކްޝޭ ކަންނާ، ސަންޖޭ ދަތު، އާރް މާދަވަން އަދި އަރުޖުން ރާމްޕާލް މީގައި މުހިންމު ބައިތައް އަދާކުރެއެވެ. މިހާތަނަށް 1300 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައި، މިއީ އިންޑިއާގެ ތާރީހުގައި ހަތަރުވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށް ވަނީ ވެފައެވެ.
މި ފިލްމުގެ ސީކުއަލް "ދުރަންދަރް 2" އަންނަ މާޗް މަހު ސިނަމާތަކަށް އަންނާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް