ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
އެ ފުރުސަތު ހުޅުވާލިކަން އިއުލާންކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ހަފުލާއެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް އާއިލީ ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ހާއްސަކުރެވިފައިވާ ޕޯޓަލް މިއަދު ހެނދުނު 9:00 އިން ފެށިގެން އާންމުކޮށް ހުޅުވާލެވޭނެ ކަމަށެވެ.
"ސުންގަޑިއަކީ މި އަހަރުގެ އެޕްރިލް 17 ވާ ހުކުރުދުވަހުގެރޭ 23:59. ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާޗް 2026 ވާ ބުދަ ދުވަސް. ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް،" މިނިސްޓަރު ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ އެހެން ފަހަރުތަކާ ހިލާފަށް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ހާއްސަކުރެވިގެން ހިންގޭ ޕްރޮގްރާމެއް ކަމަށާއި އާއިލާތަކަށް އިސްކަންދިން ނަމަވެސް، ވަކިވަކި ފަރުދުންނަށްވެސް ހުށަހެޅޭނެ ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.
"އާއިލީ ބޯހިޔާވަހިކަން ހާއްސަވަނީ ގޭބިސީތަކަށް. ގޯތިގެދޮރުގެ ޑިމާންޑު އުފެދިގެން މި އަންނަނީ އާއިލާތަކުގެ ތެރެއިން. ދަރިން، މައިންބަފައިން އަދި އެ ނޫންވެސް ތިމާ ބަލަންޖެހޭ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމުގެ ތެރެއިން. މުޖުތަމައެއްގައި އެންމެ ބޮޑު ހަމަޖެހުމަކާއި ރައްކާތެރިކަން ބޭނުންވާނީ އެ މުޖުތަމައެއް ބިނާވެފައިވާ އާއިލާތަކަށް،" މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ހުޅުވާލާފައިވަނީ 15،000 ގޯއްޗާއި، 7900 ފްލެޓަށް ކުރިމަތިލުމަށް ކަމަށާއި މި ދައުރުތެރޭގައި ގޯތިތަކުގެ ރަޖިސްޓްރީ ހަދައިދީ، އިން ވަކިކޮށްދީ ގޯތި ހަވާލުކުރާނެ ކަމަށެވެ.
މި ސަރުކާރުން ފުލެޓު ދޫކުރާ އުސޫލު ގެޒެޓުކުރުމަށްފަހު ހައުސިން މިނިސްޓްރީން 2025 ނޮވެމްބަރު 17 ގައި ކުރި އިއުލާނެއްގައި ބުނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އަންނަ މާޗް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް www.hiyaavehi.gov.mv ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 17 ގައި އާންމުކުރި ފުލެޓު ދޫކުރާ އުސޫލުގައިވާ ގޮތުން މާލޭ ރަށްވެހިންނަށް 4000 ފުލެޓު އަދި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް 1500 ފުލެޓު ވަނީ ހާއްސަކޮށްފައެވެ. ހާއްސަ ކެޓަގަރީތަކެއްގެ ފަރާތްތަކަކަށް ވެސް ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ؛
- 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން - 100 ފުލެޓު
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް - 100 ފުލެޓު
- އަލަތު ކައިވެނި ކުރާ ފަރާތްތައް / ޒުވާން އާއިލާތައް - 250 ފުލެޓު
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް - 50 ފުލެޓު
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން - 200 ފުލެޓު
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީގެ މުވައްޒަފުން - 100 ފުލެޓު
- މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް - 100 ފުލެޓު
- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް - 50 ފުލެޓު
- ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ހަވާލުކޮށްފައިނުވާ ފަރާތްތައް - 300 ފުލެޓު
ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅާ ފަރާތްތައް - 50 ފުލެޓު
އެ އުސޫލުގެ ދަށުން ފުލުހުންނަށް 100 ފުލެޓު އަދި ސިފައިންނަށް ވެސް 100 ފުލެޓު ވަނީ ހާއްސަކޮށްފައެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް 200 ފުލެޓު ހާއްސަކޮށްފައިވާ އިރު، އެހެނިހެން މުއައްސަސާތަކުގެ މުއައްޒަފުންނަށް ވެސް 300 ފުލެޓު ވަނީ ހާއްސަކޮށްފައެވެ. ފުލެޓު ދޫކުރާ އެހެނިހެން މުއައްސަސާތަކަކީ؛
- ރައީސުލްޖުމްހޫރިއްޔާގެ އޮފީސްރައްޔިތުންގެ މަޖިލީހުގެ އިދާރާ
- އެޓާނީ ޖެނެރަލްގެ އޮފީސް
- ފޮރިން ސާވިސް
- ޖުޑިޝަލް ސާވިސް ކޮމިޝަން
- އިލެކްޝަންސް ކޮމިޝަން
- ސިވިލް ސާވިސް ކޮމިޝަން
- ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
- އެންޓި ކޮރަޕްޝަން ކޮމިޝަން
- އޮޑިޓާ ޖެނަރަލް އޮފީސް
- ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް
- މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
- މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
- ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން
- މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
- ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
- މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު
- ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް
- އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓަސް އޮފީސް
- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
- ވަޒީފާއާބެހޭ ޓްރައިބިއުނަލް
- ލޯކަލް ގަވަމަންޓް އޮތޯރިޓީ
- ޓެކްސް އެޕީލް ޓްރައިބިއުނަލް
ފާތިމަތު ލިއުޝާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ