އިރާނާއެކު ވިޔަފާރި ކުރާ ގައުމުތަކުން ނަގާ ޓެރިފް ބޮޑުކުރާނެ ކަމަށް އެމެރިކާގެ ރައިސް ޑޮނަލްޑް ޓަރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ އިރާނާ އެކު ވިޔަފާރި ކުރާ ގައުމުތަކާއި އިރާނާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް 25 ޕަސެންޓް ބޮޑުކުރާނެ ކަމަށް ވިދާޅުވެފައެވެ.
އިރާނާއެކު އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ގައުމަކީ ޗައިނާއެވެ. ޗައިނާގެ އިތުރުން އިރާގާއި ޔޫއޭއީ އަދި ތުރުކީ އަކީވެސް އިރާނާއެކު ވިޔަފާރީގެ ގުޅުން ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެއެެވެ.
އިރާނާއެކު އިންޑިއާއިން ވެސް ސިޔާސީ އަދި ވިޔަފާރީގެ ގުޅުން ގާއިމްކޮށްފައިވާ އިރު އެމެރިކާ އާއި އިންޑިއާގެ ކޯޅުން ވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނަ މައްސަލައިން ފެށިގެން ބޮޑުވެފައެވެ.
އިރާނުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކަށް ތިން ހަފުތާ ވެފައިވާ އިރު ޓްރަމްޕް ވަނީ އެމެރިކާއިން ތިބީ މުޒާހަރާގެ ބައިވެރިންނާއެކު ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް ވަނީ އިރާނުން މުޒާހަރާގެ ބައިވެރިންނަށް ބާރުގެ ބޭނުންކޮށް މަރަމުން ގެންދާކަމަށް ބުނެ އިރާނަށް ހަމަލާ ދޭންޖެހިދާނެ ކަމުގެ އިންޒާރުވެސް ދީފައެެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު