މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފިއެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓާ އާއި ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި މަހު 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން މާލޭ މައްޗަންގޮޅި ގެއެއް ބަލައި ފާސްކޮށްގެންނެވެ.
ފުލުހުން ހާމަ ކޮށްފައި ވަނީ މީގެ ތެރެއިން އެކެއްގެ ވަނަވަރެވެ. އެއީ މއ. ނިއުޔޯކްހައުސް / މާލެ، މުހައްމަދު ޖިނާހް އިބްރާހީމް (26އ) އެވެ.
މި މައްސަލަގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޖިނާހް ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަނެއް މީހާ، ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލައިފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އިބްރާހިމް ޒަކީ
ހުޅުމާލެ ފޭސް 2
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
މަގުމަތީގެ އެކްސިޑެންޓް
ބިންހެލުން