ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި އެ ހަތަރު މީހުން މަސްވެރިންގެ ޕާކު ސަރަހައްދުން ހުއްޓުވައި ބަލައި ފާސްކުރި އިރު 23 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މާލެ / ގ. ހެޕީސައިޑް، މުހައްމަދު ނާއިޝް (43އ) އާއި، ޅ. ހިންނަވަރު / ހަނދާން، އިކްރާމް އަބްދުއްރަހްމާން (31އ) 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އަނެއް ދެ މީހުން، ޝަރުތު ކުރުމަށްފަހު ކޯޓުން ވަނީ، ދޫކޮށްލައިފައެވެ.
އިބްރާހިމް ޒަކީ
ހުޅުމާލެ ފޭސް 2
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
މަގުމަތީގެ އެކްސިޑެންޓް
ބިންހެލުން