ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ އަހަރު 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ދެ އަހަރު ހިމެނޭހެން މިހާތަނަށް 301.6 މިލިއަން ރުފިޔާ، ހިލޭ ޑިގްރީ ޕްރޮގްރާމަށް ވަނީ ހޭދަކޮށްފައެވެ.
މިދިޔަ އަހަރު 2798 ދަރިވަރުން، ފުރަތަމަ ޑިގްރީ ޕްރޮގްރާމްގައި މުޅިން އަލަށް ރަޖިސްޓްރީވެ، ސަރުކާރުން ދަނީ އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަމުންދިޔަ 3286 ދަރިވަރުން މިދިޔަ އަހަރު ދަސްވެނިވެފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން މިވަގުތު 8680 ދަރިވަރުން އަންނަނީ ޑިގްރީއަށް ކިޔަވަމުންނެވެ. އޭގެތެރޭގައި ހިމެނެނީ 5486 އަންހެން ކުދިންނާއި، 3194 ފިރިހެންކުދިންނެވެ.
އިބްރާހިމް ޒަކީ
ހުޅުމާލެ ފޭސް 2
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
މަގުމަތީގެ އެކްސިޑެންޓް
ބިންހެލުން