އެމެރިކާއިން ދޭ ހަމަލާތަކުގެ ބަދަލުގައި އެވަރުގެ ހަމަލާއެއް އެގައުމަށް ވެސް ދޭނެ ކަމަށް އިރާނުން ބުނެފިއެވެ.
އިރާނުގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ ބޮޑެތި މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ ގިނަ ބަޔަކު މަރުވަމުން އަންނަ އިރު އެމެރިކާއިން ވަނީ އިރާނު ސަރުކާރާ ދެކޮޅަށް ހަމަލާ ދޭން ޖެހިދާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
އެމެރިކާއިން ވަނި މުޒާހަރާގެ ބައިވެރިން މަރަމުންދާ ކަމަށްބުނެ ހަމަލާދޭން ޖެހިދާނެ ކަމަށާއި އެމެރިކާ އޮތީ މުޒާހަރާގެ ބައިވެރިންނާއެކު ކަމަށް ބުނެފައެވެ.
އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ އެމެރިކާއިން ހަމަލާދީފި ނަމަ އެވަރުގެ ހަމަލާއެއް ދޭނެ ކަމަށާއި މީގެ އިތުރުން މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ އިޒްރޭލާއި އެެމެރިކާއަށް ނިސްބަތްވާ ބޯޓުތަކަށް ހަމަލާދޭނެ ކަމަށް ބުނެފައެވެ.
އިރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އާންމުން މަގުތަކަށް ނުކުމެފައިވާ އިރު އިރާނުގެ ހުރިހާ ސަރަހައްދެއްގައި އެ މުޒާހަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް