އުރީދޫ މޯލްޑިވްސްއިން މިހާރު ރެހެންދި ދަނޑުގައި ކުރިއަށްދާ ފޯރިގަދަ ގޯލްޑަން ފުޓްސަލް މުބާރާތުގައި ހާއްސަ އޮން-ސައިޓް ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫން ބުނީ މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ސުޕަނެޓް، ޕޯސްޓްޕެއިޑް އަދި 5ޖީ އެއާފައިބާގެ ހިދުމަތް 400 ރުފިޔާއިން މަތިން ނަގާ ފަރާތްތަކުގެ މެދުގައި ނެގޭ ހާއްސަ ގުރުއަތަކުން ހޮވޭ ނަސީބުވެރިއަކަށް އިނާމެއް ލިބިގެންދާނެ ކަމަށެވެ.

އިނާމުތަކުގެ ތެރޭގައި ހިމެނެނީ ޓީވީ، ސޯފާ، ފްރިޖް، މައިކްރޯވޭވް، ތެލި ސެޓު އަދި ކޮންސިއާޖް ގްރޫޕްގެ ފަރާތުން ދޭ މެލޭޝިއާއަށް 2 ރިޓާން ޓިކެޓެވެ.

މި ޕްރޮމޯޝަނަކީ އުރީދޫ މޯލްޑިވްސްއިން ތަފާތު އިވެންޓްތަކާއި ތަޖުރިބާތައް މެދުވެރިކޮށް މުޖުތަމައާ ގުޅުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އުރީދޫން ބުނީ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި ރެހެންދި ޓާފުގައި ބެހެއްޓިފައި ހުރި އުރީދޫ ޓެންޓަށް ޒިޔާރަތްކޮށްލައިގެން ބައިވެރިވެވޭނެ ކަމަށެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގެ މެޗުތައް ކުރިއަށް ދާއިރު ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށްޓަކައި އުރީދޫ ޓެންޓުގައި އެކުންފުނީގެ ސްޓާފުން ހަރަކާތްތެރިވަމުންދާނެއެވެ.

މި ޕްރޮމޯޝަން ކޮންމެ ހަފުތާއަކު ކުރިއަށްދާނެ ކަމަށާއި އަދި ކޮންމެ ހަފުތާއަކު، އާ ނަސީބުވެރިން ގަވާއިދުން އިއުލާން ކުރާނެ ކަމަށް އުރީދޫން ބުނެއެވެ.