ބައެއް ރަށްރަށުގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލުތަކުން ބިން ހަވާލުނުކުރުމުގެ ސަބަބުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައި އޮފީސް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ސަރުކާރާ އިދިކީލަ އަދި ސިޔާސީ ބޭނުމެއްގައި ރައްޔިތުންނަށް ގެއްލުންވާ ކަންކަންކުރާ ކައުންސިލެއް އައިސްފި ނަމަ، އެކަމުން ހުރަސް އެޅިގެންދަނީ ތަރައްގީއަށް ކަމަށެވެ.
"މިއަދުވެސް އަޅުގަނޑު ބަލާލިއިރުގެ އިނގޭތޯ، މިއަދުވެސް އަޅުގަނޑު ބަލަން، އެކިއެކި މަޝްރޫއުތައް ހިނގާގޮތް. އެކިއެކި މަޝްރޫއުތައް އެކިއެކި ދާއިރާތަކުން ކުރިއަށް ގެންދިއުމުގައި ދިމާވެފައި ހުރި ދަތިތައް ބަލާލިއިރުގަ، މިއަދުވެސް އަޅުގަނޑަށް އަތަށް ލިބުނު ލިސްޓެއްގައި، އެތައް ރަށެއްގަ، މީގެ މަހެއް ދެމަހެއް ނޫނީ ތިންމަހެއް ކުރިން ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ފަށައިނުގަނަވެގެން އުޅެނީ ކީއްވެގެންތޯ ބަލާލިއިރުގަ، ބިން ހަވާލުނުކޮށްގެން. ކައުންސިލުންނޭ ބިން ހަވާލުކުރަނީ. ކޮންކަމަކައްތޯ، މިސްކިތް އަޅަން، ސްކޫލުގެ އެކްސްޓެކްޝަން ހަދަން ނޫނީ ހެލްތު ސެންޓަރުގެ ކޮންމެވެސް ކަމެއް ކުރަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ގެއްލުންވަނީ އެ ރަށެއްގެ ރައްޔިތުންނަށް ކަމަށެވެ. ރައީސް ވިދާޅުވީ އެފަދަ އެއްބާރުލު ނުދިނުން ފަަދަ ކަންކަން ތަކުރާރުވާކަަށް ސަރުކާރުން ބޭނުންނުވާ ކަމަށެވެ.
އެ މަނިކުފާނު ބޭނުންފުޅުވަނީ ކައުންސިލް އިންތިހާބަށްފަހު ވަރަށް ބާރަށް، މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށެވެ. އެކަކަން ކުރެވޭނީ ރައްޔިތުންނަށް ކޮންމެ ދުވަހަކު ހިދުމަތް ކުރުމަށް ރައްޔިތުން އިންތިހާބުކުރާ މީހުންގެ ފަރާތުން އެއްބާރުލުން ލިބިގެންކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު