އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދެމުންދާ ޓެކްސްޓް އަ ކޮފީ ހިދުމަތް މެދުވެރިކޮށް ރައްޓެހިންނާއި އާއިލާ އާ ގުޅުން ބަދަހި ކުރުމަށްޓަކައި ހަދިޔާއެއް ފޮނުވާލެވޭނެ ކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫން ބުނީ ޓެކްސްޓް އަ ކޮފީގެ ހިދުމަތް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް އާއިލާ އާއި ރަހުމަތްތެރިންނަށް ވަގުތުން ޓްރީޓެއް ފޮނުވޭނެ ކަމަށެވެ. އެގޮތުން ދާން ބުނެވުނު ކޮފީއަށް ނުދެވި ނުވަތަ ރައްޓެއްސަކަށް ސަޕްރައިޒެއް ދިނުމަށް ވެސް މި ހިދުމަތަކީ އެހީތެރިއަކަށް ވާނެ ކަމަށެވެ.

އުރީދޫން ބުނީ އުރީދޫ ސުޕަ އެޕް ނުވަތަ އުރީދޫގެ ވެބް ޕޯޓަލް މެދުވެރިކޮށް ޓެކްސްޓް އަ ކޮފީ އެއް ފޮނުވާލެވޭނެ ކަމަށެވެ.

މަޖާ އަދި ފަސޭހަ ގޮތަކަށް ފަރުމާކޮށްފައިވާ "ޓެކްސްޓް އަ ކޮފީ" އަކީ ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ފަރާތަކަށްވެސް ޓްރީޓެއް ފޮނުވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހިދުމަތެއް ކަމަށް އުރީދޫން މައުލޫމާތުދެ އެވެ. ހަދިޔާއެއް ފޮނުވުމަށް ފަހު، އެ ހަދިޔާ ލިބޭ ފަރާތަށް އެ ޓްރީޓްގެ ތަފްސީލް ހިމެނޭ ކޮންފަމޭޝަން އެސްއެމްއެސް އާއި ޔުނިކް ޓްރާންސެކްޝަން ކޯޑެއް ވެސް ލިބޭނެ އެވެ. އެއަށް ފަހު ކެފޭ ނުވަތަ ރެސްޓޯރެންޓަށް ގޮސް، ކޯޑު ހިއްސާކޮށް، ފަސޭހަކަމާ އެކު ހަދިޔާގެ ރަހަ ބަލާލެވޭނެ އެވެ.

އުރީދޫން ބުނީ އެ ހިދުމަތުގައި 13 ޕާޓްނަރު އައުޓްލެޓެއް މިހާރު ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ޑަންކް އެން ޑިޕް، ކަބޯލް، ސޯހޯ ކޮފީ ހައުސް، ދަ ކޮފީ ބީން އެންޑް ޓީ ލީފް އަދި ބްރެޑް މެޓާސް ފަދަ މަގުބޫލު ކެފޭތައް ހިމެނޭނެ ކަމަށެވެ.

"ޓެކްސްޓް އަ ކޮފީ" އަކީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ހިދުމަތެކެވެ. ސަޕްރައިޒް ޓްރީޓެއް ފޮނުވާލައިގެން މި ހިދުމަތުގެ ސަބަބުން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރި ރައްޓެއްސަކަށްވެސް އުފާވެރިކަން ގެނެސްދެވޭނެ އެވެ.