އުރީދޫ މޯލްޑިވްސް އިން ދެމުންދާ ފައިބާ އިންޓަނެޓު ކަމަށްވާ "ސުޕަނެޓު" ނަގައިގެން ސްމާޓާ ހޯމް ޑިވައިސްއެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.
އުރީދޫން ބުނީ މި ލިމިޓެޑް ޓައިމް ޕްރޮމޯޝަންގެ ދަށުން އަންލިމިޓެޑް ސުޕަނެޓް ޕްލޭންތައް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އިންޓެލިޖެންޓް ހޯމް މޮނިޓަރިން ސޮލިއުޝަންސް އާއި އިތުބާރު ހިފޭ ހައި-ސްޕީޑް އިންޓަނެޓް އެކުލެވިގެންވާ ހިލެ އީޒެޑްވިޒް ސްމާޓް ސެކިއުރިޓީ ޑިވައިސްތައް ލިބޭނެ ކަމަށެވެ.
އުރީދޫން ބުނިގޮތުގައި:
- ސުޕަނެޓް 40 އެމް ނަގާ ކަސްޓަމަރުންނަށް ހިލޭ އިންޑޯ އީޒެޑްވިޒް ކެމެރާއެއް ލިބޭނެ
- ސުޕަނެޓް 50 އެމް އާއި އެއަށްވުރެ މަތިން ނަގާ ކަސްޓަމަރުންނަށް ހިލޭ އިންޑޯ އީޒެޑްވިޒް ކެމެރާ އާއި އީޒެޑްވިޒް ކްލައުޑް ސްޓޯރޭޖް ލިބޭނެ
ސުޕަނެޓް ފައިބާ ބްރޯޑްބޭންޑާއެކު އުފައްދާފައިވާ މި ސްމާޓް ހޯމް އޮފާ ފަރުމާކޮށްފައި ވަނީ މެދުނުކެނޑި ހައި ސްޕީޑް އިންޓަނެޓްގެ އެހީގައި ސްމާޓް ޑިވައިސްތައް އެންމެ ފުރިހަމައަށް ބެނުންކުރެވޭނެ ގޮތަށް ކަމަށާއި ސްމާޓް ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުން ދުރުގައި ތިބެގެން މޮނިޓާކޮށް، ގުޅުވާލައި، ކޮންޓްރޯލް އަދި ބަލާލެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.
އުރީދުން ބުނީ މި ޕްރޮމޯޝަނަކީ އުރީދޫ މޯލްޑިވްސްއިން މުވާސަލާތީ ވަސީލަތްތަކާއި ޑިޖިޓަލް ސޮލިއުޝަންތައް އެއްކޮށްލައި، އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށެވެ.
ކަސްޓަމަރުންނަށް އަންލިމިޓެޑް ސުޕަނެޓް އެކްޓިވޭޓް ކޮށް، ސްމާޓް ހޯމް އޮފާ ore.do/fbb-promo އަށް ޒިޔާރަތްކޮށްގެން އެޕްލައި ކުރެވޭނެ ކަމަށެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު