ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިސް މިވަގުތު ޗުއްޓީގައި އޮތުމުން މާދަމާގެ ޖަލްސާއަކީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެކެވެ.
މާދަމާގެ ޖަލްސާއަށް ފުރަތަމަ ކަމަކަށް އެޖެންޑާކޮށްފައި ވަނީ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ފައިވާ މައްސަލަ ދިރާސާ ކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
އެއަށް ފަހު މަޖިލީހަށް ތައާރަފްކުރާ ދެ ބިލް ކަމަށްވާ، ސަރުކާރުގެ ފަރާތުނ،ް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު މަޖިލީހަށް ހުށަހަޅުއްވާ، ގާނޫނުލް އުގޫބާތައް އިސްލާހު ގެނައުމުގެ ބިލާއި، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހަޅުއްވާ ފެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުން އެޖެންޑާގައި ހިމެނެއެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލެއްގެ ފުރަތަމަ ކިއުން އިއްވުންވެސް ހިމެނެއެވެ.
އެއަށްފަހު މި ބިލްތަކުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
ފަނަރަ ބިލެއް ނިންމައި ރައްޔިތުންގެ މަޖިލިސް އަހަރީ ޗުއްޓީއަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށޭނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ނަމަވެސް ދައުރުން ބޭރުން ޖަލްސާތައް ބޭއްވޭނެއެވެ.
އިބްރާހިމް ޒަކީ
ވިޔަފާރި
ރިޕޯޓް
ވިޔަފާރި
އިރާން