ބަނގުރާ ފުޅިތަކަކާއެކު އަތުލައިގަތް ނޭޕާލްގެ ބަޔަކު ޑީޕޯޓްކުރަން ނިންމައި އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކޮށްފައިވަނީ ޗައުދަރީ ސްރެންދްރަ (43އ)، ސުގަންދަ ކުމާރު ޗައުދަރީ (28އ)، ޗައުދަރީ (24އ)، މަކަރް ބަހާދުރް ޓަމަންގް (27އ)، ބިޝްވަނާތް ޗައުދަރީ (37އ) އަދި ރަމްރި މާޔާ ވައިބާ (27އ) އެވެ.
އެ ހުރިހާ މީހުންނަކީވެސް ނޭޕާލްގެ ރައްޔިތުން ކަމަށާއި އެ މީހުން ޑީޕޯޓްކުރުމަށް މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
އެ އެންމެން ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައި ކަމަށާއި އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
"އެ މީހުން ހައްޔަރުކޮށް މާލެ، މާފަންނުގައި ހުރި ކެފޭއަކާއި ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވެއެވެ..،" ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް