ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރުމަށް ފަހު، އެހެން މަގާމަކަށް އައްޔަންކުރާ، އަދި އިންތިހާބުވާ މީހުންނަށް ފުލުހުންގެ ރިޓަޔަމަންޓް އިނާޔަތް ނުދޭން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ، ފުލުހުންގެ ރިތަޔާމަންޓްގެ ގަވާއިދަށް ގެނައި އިސްލާހުންނެވެ.
މި އިސްލާހުގައި ވަނީ މަހުން މަހަށް ރިޓަޔާމަންޓް އިނާޔަތް ލިބެމުންދާ މީހަކު ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އަތުވެއްޖެ ނަމަ، ނުވަތަ ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ، ދެމުން އައި ރިޓަޔާމަންޓް އެލަވަންސް މެދުކަންޑާލެވޭނެ ކަމަށެވެ.
އިސްލާހުގައިވާ ގޮތުން އެ އެލަވަންސް މެދުކަނޑާލުމަށް ފަހު އަލުން އެލަވަންސް ދޫކުރާނީ ރިޓަޔާކުރުމަށް ފަހު އަދާކުރަން ފެށި ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.
ރިޓަޔާކުރާ ފަރާތްތަކަށް އަލުން މަގާމެއް ލިބިފައިވާ ނަމަ، އެކަން އެ އިދާރާއަށް ލިޔުމުން އަންގަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.
ވަޒީފާ ލިބުމުން ވެސް އެކަން ނާންގައި އޮތުމުގެ ސަބަބުން، އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް ރިޓަޔާމަންޓް އިނާޔަތް ދޫކުރެވިއްޖެ ނަމަ، ފުލުހުން އަންގާ ގޮތެއްގެ މަތިން ޕެންޝަން އޮފީހަށް އެ ފައިސާ އަނބުރާ ފޮނުވަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރިޓަޔާކުރާ ފަރާތަކުން އެހެން ވަޒީފާއަކަށް ދިއުމަށް ފަހު، އެފަދަ ފަރާތަކަށް އެ ވަޒީފާ އިން ވަކިިވާއިރު އިތުރު ރިޓަޔާމަންޓް އެހެން ޕެކޭޖެއް ހަމަޖައްސައިދޭ ނަމަ، އެ ޕެކޭޖު އިހުތިޔާރުކުރަންވާނެ ކަމަށް ވެސް ގަވާއިދުގައިވެއެވެ. އެކަމަކު އޭގެ ފަހުން ފުލުހުންގެ ރިޓަޔާމަންޓް އިނާޔަތް ނުލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިގޮތަށް ގަވާއިދަށް ބަދަލު ގެނަސްފައި މިވަނީ، ސަރުކާރުގެ ހަރަދުތައް ބޮޑުވާތީ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާތީއެވެ.
ސަރުކާރުގެ ބައެއް މަގާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު މުސާރައިގެ އިތުރުން އެބޭފުޅުންނަށް ރިޓަޔާމަންޓް އެލަވަންސް ލިބޭތީ އާންމުން ކަންބޮޑުވާ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް
އައްޔަނު ކުރުމާއި އިންތިހާބުޖުރުނުގެ އިތުރުން ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތައްވެސް ހިމަނަންޖެހޭ. އެއީ ވަޒީފާގެ ފުރުސަތުތައް ނެތިގެން އުޅެންޖެހޭ އެއްސަބަބު.
ސީޔޫޓޫ - 6 މަސް ކުރިން