މިއަހަރުގެ ތެރޭގައި 7.3 މިލިއަން ރުފިޔާގެ ދުންފަތުގެ ބާވަތް އަތުލައިގަނެ، 15 ފަރާތަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭ ސަރަހައްދުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު ހިއްސާކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފްރޮންޓްލައިންގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ދުންފަތާ ދެކޮޅަށް މާލޭ ޕޮލިސްއިން ވަނީ މިއަހަރު އަށް އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން 44،866 ސިނގިރޭޓް ފޮށި، 4،733 ވޭޕް، 765 ވޭޕް ފްލެވާ ފުޅި އަދި 86 ވޭޕް ކާޓްރިޖުގެ އިތުރުން 93 ކިލޯގެ ދުންފަތް އަތުލައިގެންފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މި އޮޕަރޭޝަންތަކުގައި ނަގުދު ފައިސާގެ ގޮތުގައި 294،240 ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް