ނެޝަނަލް ޔޫތު ކޮންފަރެންސް 2025، 93 ޒުވާނުންނާ އެކު ފަށައިފިއެވެ.
ޔޫތު ހަބްގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައި ޔޫތު ކޮންފަރެންސް ފައްޓަވައިދެއްވީ ޔޫތް މިނިސްޓަރު ވަޒީރު އިބްރާހިމް ވަހީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި ދިގު މާޒީއަކަށްފަހު ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިސްނަގައިގެން ގައުމީ ފެންވަރެއްގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން ޒުވާނުން އައިސް ޒުވާނުންނަށް ގައުމުގައި ފާހަގަކުރެވޭ ކަންކަމަށް އެއްތަނެއްގައި ތިބެ މަޝްވަރާކޮށް ސައްލާކޮށްލުމަށް ފުރުސަތު ލިބިގެންދާ ދުވަސް ކަމަށެވެ.
ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި ޔޫތް މިނިސްޓްރީއާ ގުޅިގެން ބާއްވާ އެކޮންފަރެންސް ކުރިއަށްދާނީ މިއަދާއި މާދަމާރޭގެ ނިޔަލަށެވެ.
މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލައި، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދުމާއި ޒުވާނުންގެ ގައުމީ ސިޔާސަތެއް އުކުލަވާލުމަށްޓަކައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުމެވެ.
މިގޮތުން ޖުމްލަ ހަ މައުލޫއަކަށް ބަހާލައިގެން މިކޮންފަރެންސްގައި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތްނަވާ މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާނީ މާދަމާރޭގެ ގަވުތެއްގައި ކަމަށް ވެސް ޔޫތް މިނިސްޓްރީން ބުންޏެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް