ކ. ނަކައްޗާފުށި ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާލަށް ޑްރެޖަރު ހޮޅިތަކެއް އޮޔާދާތީ، ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ ނަކައްޗާފުށީ ކައިރި ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް 100 މީޓަރުގެ ޑްރެޖަރު ހޮޅިތަކެއް އޮޔާދާން ފަށާފައިވާ ކަމަށެވެ. އެ ހޮޅިތައް އޮޔާދަނީ ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާއަށް ކަމަށެވެ.
އެހެންކަމުން އަލިހުރަސްކަނޑާއި، މި ސަރަހައްދު ކައިރިން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާއިރު އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
އާއިޝަތު މާހާ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް