އުރީދޫ ފަން ރަން ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރު އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ބާއްވަން ނިންމައިފިއެވެ.
އުރީދޫއިން ބުނިގޮތުގައި އެ ހަވީރު އޮންނާނީ އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
އުރީދޫއިން ބުނީ ކޮމިއުނިޓީ ފޯކަސްޑް ބްރޭންޑެއްގެ ހައިސިއްޔަތުން އުރީދޫއިން ދަނީ އާއިލާތައް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގިނަ ފުރުސަތުތަކެއް ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން މި އަހަރުގެ ކުޑަކުދިންގެ ހަވީރުގައި ތަފާތު ގޭމްތަކާއި އިނާމުތައް ހިމަނާފައިވާނެ ކަމަށެވެ. އަދި ފްރީ ފްލައިން އެސޯސިއޭޝަނުން އެ ހަރަކާތުގައި މަކާއޯ ދޫނިތައް ދައްކާލާނެއެވެ.
މި ހަވީރުގައި ކުޑަކުދިންގެ ފެވަރިޓެއް ކަމައްވާ ރޮބޯމޭންގެ ހަރަކާތްތައް ވެސް ފެނިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
މި ހަރަކާތަކީ އުރީދޫ ފަން ރަން 2025 އަށް ތައްޔާރުވުމުގެ ގޮތުން ކުޑަކުދިންނަށް ހިތްފަސޭހަ، ހިތްގައިމު އަދި އާއިލާއާ ރައްޓެހި މާހައުލެއް ގާއިމްކޮށްދޭނެ އިވެންޓެއް ކަމަށްވެސް އުރީދޫއިން ބުންޏެވެ.
އުރީދޫއިން އިތުރަށް ބުނީ އެ ހަވީރުގައި ކޮންމެ މީހަކަށްވެސް ހިލޭ ބައިވެރިވެވޭނެ ކަމަށެވެ. އަދި އުރީދޫ ފަން ރަންގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫ މޯލްޑިވްސް ސޯޝަލް މީޑިއާގައި ފޮލޯ ކުުރުމަށެވެ.
އާއިޝަތު މާހާ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު