ކާޓިއުންްސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް 7.1 މިލިއަން ރުފިޔާ ދޭން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)ގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މިއީ ކާޓިއުންސް އިން އާރުޑީސީއަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކުގެ އަގުގެ ގޮތުގައި ނުލިބިވާ 7.1 މިލިއަން ރުފިޔާ ހޯދުމަށް ކާޓިއުންސް އިން އާރުޑީސީގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.
އާރުޑީސީން އެ ފައިސާ ނުދެއްކުމުގެ ސަބަބުން ކާޓިއުންސްއަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށާއި، އަރުޑީސީ ފަދަ ދައުލަތުގެ ކުންފުންޏަކުން ފައިސާ ދައްކަމުން ނުދާތީ ނޮމިނަލް ޑެމޭޖާސްގެ ގޮތުގައި އެއް މިލިޔަން ރުފިޔާގެ އިތުރުން މި މައްސަލައިގައި ކާޓިއުންސް އިން ގާނޫނީ ހިދުމަތް ހޯދުމަށް ކުރަން ޖެހުނު ހަރަދުގެ ގޮތުގައި 30،000 ރުފިޔާ އާރުޑީސީން ހޯދުމަށް މި ދައުވާގައި ކާޓިއުންސްއިން ކޯޓަށް ހުށަހެޅިއެވެ.
މި ދައުވާގެ ލިޔެކިޔުންތައް އާރުޑީސީއަށް ފޮނުވުމުން ކޯޓުގެ އިހުތިސާސާ މެދު ސުވާލު އުފައްދާފައިވެއެވެ. ނަމަވެސް އެކަމަކީ އިދާރީގޮތުން ލިޔެކިޔުންތައް ހުށަހެޅުމުގައި އޮތް އޮޅުމެއްގެ މައްޗަށް ބިނާވާކަމެއްކަމަށް ވެފައި ދެ ފަރާތާއެކު ބޭއްވި އަޑުއެހުމަށްފަހު އާރުޑީސީން އެ ހުށަހެޅުން އަނބުރާ ނެގިއެވެ. އެެއަށްފަހު މި ދައުވާގައި، އާރުޑީސީން ދޭންޖެހޭކަމަށް ކާޓިއުންސްއިން ބުނި ބަޔަށް އާރުޑީސީން އެއްބަސްވެ ދިފާއުވާން ބޭނުންވާ ބަޔަށް ރައްދު ހުށަހެޅިއެވެ.
މި ދައުވާއިން އެއްބަސްވާ ބަޔާ މެދު އާރުޑީސީގެ ފަރާތުން ބުނެފައިވަނީ އެ ފަރާތުން ކާޓިއުންސްއަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތުގެ އަގުގެ ގޮތުގައި ނުލިބިވާކަމަށް މި ދައުވާގައި ބަޔާންކޮށްފައިވާ 7.1 މިލިއަން ރުފިޔާއަކީ އާރުޑީސީގެ މާލީ ތަނަވަސްކަން ހުރިގޮތުން މިހާތަނަށް ދެއްކިފައިނުވާ ފައިސާ ކަމަށެވެ.
އާރުޑީސީން ދައުވާގެ ވަކި ބަޔަކަށް އެއްބަސްވުމާ ގުޅިގެން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމެއްނެތި ހުކުމްކޮށްދިނުމަށް އެދޭ ފޯމް ކާޓިއުންސްގެ ފަރާތުން ހުށަހެޅިއެވެ. އެއާއެކު ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކޮށްގެން ހައްލެއް ހޯދުމުގެ ފުރުސަތަކަށް އެދުމުން އެ ފުރުސަތު ޝަރީއަތުން ފަހިކޮށްދިނެމެވެ.
ނަމަވެސް ދެ ފަރާތުން މަޝްވަރާކޮށްގެން މައްސަލައަށް ހައްލެއް ނުލިބުނެވެ. އެހެންކަމުން މި ދައުވާގައި ކާޓިއުންސްއިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން އާރުޑީސީން އެއްބަސްވެފައިވާ 7.1 މިލިއަން ރުފިޔާ ކާޓިއުންސްއަށް ދެއްކުމަށް އާރުޑީސީއަށް އަމުރުކޮށްދިނުމަށާއި، ދައުވާގައި ހުސޫމާތު އުފެދުނު ބަޔާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅައިދިނުމަށް ކާޓިއުންސްއިން އެދުނެވެ.
އެހެންކަމުން މި މައްސަަލަ ބެލުމަށްފަހު ކޯޓުން ކުރި ހުކުމްގައި ވަނީ ކާޓިއުންސްއިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން 7.1 މިލިޔަން ރުފިޔާއަކީ އާރުޑީސީން ކާޓިއުންސްއަށް ދައްކަންޖެހޭ ފައިސާކަމަށް އެއްބަސްވެފައިވާތީ އެ 7.1 މިލިއަން ރުފިޔާ ކާޓިއުންސްއަށް ލިބިދިނުމުގެގޮތުން ކޮންމެ މަހަކު އެ މަހަކަށްޖެހޭ ފައިސާގެ އަދަދަށްވުރެ މަދު ނޫން އަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކަމުންގޮސް ތިން މަސްދުވަހުގެ ތެރޭގައި މި ފައިސާ އެއްކޮށް ދައްކައި ހަލާސްކުރަން އާރުޑީސީއަށް އަމުރު ކުރާ ކަމަށެވެ.
އިބްރާހިމް ޒަކީ
ރ. ހުޅުދުއްފާރު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
އެމްޑީޕީ
ހުޅުމާލެ ފޭސް 2