ތައިލެންޑުން ކެމްބޯޑިއާއާ ގުޅޭ އައްސޭރިފަށުގައި ކާފިއު އިއުލާންކޮށްފިއެވެ.

ތައިލެންޑުން އިއްޔެ ވަނީ އެގައުމުގެ އިރު ދެކުނު ސަރަހައްދުގައި އޮންނަ ޓްރަޓް ޕްރޮވިންސް ސަރަހައްދުގައި ކާފިއު އިއުލާންކޮށް އެކަން އިއުލާން ކޮށްފައެވެ.

ތައިލެންޑުން ކާފިއު އިއުލާންކޮށްފައިވާ ސަރަހައްދަކީ އެގައުމާއި ކެމްބޯޑިއާ ގުޅޭ އައްސޭރި ފަށުގެ ސަރަހައްދުގައި އޮންނަ ޕްރޮވިންސެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުން ހިނގައި ދެ ގައުމުން ހަމަލާދެމުން އަންނަ އިރު، އެ ހަމަލާތައް ހުއްޓުވުމަށް އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެ ސުލްހައިގެ އެއްބަސްވުމަކަށް ދެގައުމުން ވެސް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ސުލްހައިގެ އެއްބަސްވުމަކަށް ދެގައުމުންވެސް އަދި މިހާތަނަށް ރަސްމީ ސިފައެއްގައި އެއްބަސްވެފައި ނުވާ އިރު، ދެގައުމުން ވެސް ދަނީ ހުއްޓުމެއް ނެތި ހަމަލާ ބަދަލުކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.