ބަލްގޭރިއާގެ ބޮޑުވަޒީރު ރޯސެން ޒެލްޔަޒްކޯވް އިސްތިއުފާ ދެއްވައިފިއެވެ.
ބަލްގޭރިއާގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް އާންމުން މަގުތަކަށް ނުކުމެ ކުރަމުން އަންނަ މުޒާހަރާތަކަށް ފަހު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ބޮޑުވަޒީރު މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައިފައެވެ.
ބަލްގޭރިއާގެ ބޮޑުވަޒީރު ރޯސެން ޒެލްޔަޒްކޯވް، އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އެގައުމުގެ މަޖިލީހުން ވޯޓު ނެގުމަށް ކުޑަތަން ވެފައިވަނިކޮށް އިއްޔެ ވަނީ ބޮޑުވަޒީރު އިސްތިއުފާ ހުށަހަޅުއްވައިފައެވެ.
ޓީވީ މެދުވެރިކޮށް ބޮޑުވަޒީރު ހުށަހެޅި އެބަޔާނުގައި ބޮޑުވަޒީރު ވަނީ ސަރުކާރުގެ ކޯލިޝަނާއި މަޝްވަރާކޮށްފައިވާ ކަމަށާއި މިހާރުގެ ހާލަތަށް ބަލާނަމަ އިސްތިއުފާ ދިނުން އެންމެ އެދެވިގެން ވާކަމަށް ފެންނާތީ އިސްތިއުފާ ދޭން ނިންމީކަމަށް ބޮޑުވަޒީރު ވަނީ ފާހަގަކޮށްފައެވެ.
ބަލްގޭރިއާގެ ސަރުކާރުގެ ތެރޭގައި ހިންގަމުންގެންދާ ކޮރަޕްޝަނާއި ނާޖާއީޒު ފައިދާ ނެގުމުގެ މައްސަލަތައް ނުބެލުމާއި އެގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅުމަށް ސަރުކާރު ނުކުޅެދިފައިވުމުން އާންމުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފައެވެ.
ބަލްގޭރިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއާ އެކު އެގައުމު ހިންގުމާ ވަގުތީގޮތުން ރައީސް ރުމެން ރަދޭވް ވަނީ ހަވާލުވެވަޑައިގެންފައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ބެލްޖިއަމް
ބޭރު ކުޅިވަރު
ރިޕޯޓް