އުމުރުން 64 އަހަރުގެ ފިރިހެނަކަށް ވަޅިން ހަމަލާދިން 32 އަހަރުގެ އަންހެން މީހާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ މިއީ ދެ ލޯބިވެރިންގެ ދެމެދުގައި ހިނގާފައިވާ ހާދިސާއެއް ކަމަށެވެ.
މި މާރާމާރީގައި ފިރިހެން މީހާގެ ބުރަކަށްޓަށް އަންހެންމީހާ ވަޅިން ހަމަލާ ދިނީ އެ ދެ މީހުންގެ ދޭތެރޭ އުފެދުނު މައްސަލައެއްގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ދެ މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.
މި މާރާމާރީގައި ދެ މީހުންނަށް ވެސް އަނިޔާވެގެން ހޮސްޕިޓަލުގައި ވަނީ ފަރުވާ ހޯދައިފައެވެ.
އައިޖީއެމްއެޗުން ބުނީ އެ ދެ މީހުންނަށް ފަރުވާ ދިނުމަށްފަހު އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ.
އިބްރާހިމް ޒަކީ
އިންޑިއާ
ބަހްރެއިން
އެމެރިކާ