އިންޑޮނޭޝިއާގެ އިމާރާތެއްގައި ރޯވެ 22 މީހުން މަރުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ އޮފީސް އިމާރާތެއްގައި ރޯވި ހާދިސާގައި 22 މީހުން މަރުވެފައި ވާކަމަށް އޮފިޝަލުން ބުނާ އިރު، އެއިމާރާތުގެ ތެރޭގައި ގިނަ ބަޔަކު ތާށިވެފައިވާ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވެސް ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ހަތް ބުރީގެ އެއިމާރާތުގައި އިއްޔެ ރޯވި އަލިފާން ނިއްވާލާފައިވާ އިރު، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް އިދާރާތަކުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.
ޖަކާޓާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެހާދިސާ ހިނގަން މެދުވެރިވެފައިވަނީ އެއިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ބެޓަރީ އެއްގައި ރޯވެގެން ކަމަށެވެ.
ފުލުހުން ބުނީ އެ އިމާރާތަކީ ޑްރޯން އުފައްދާ ކުންފުންޏަކުން ބޭނުންކުރާ އިމާރާތެއް ކަމަށާއި އެތަނުގައި ޑްރޯން ހެދުމުގެ މަސައްކަތްވެސް ކުރަމުންގެންދާ ކަމަށެވެ.
ފުރަތަމަ ފަންގިފިލާގައި ރޯވި އަލިފާން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެތުރިގެން ދިޔަ ކަމަށް ފުލުހުން ބުނެއެވެ.
އެހާދިސާގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ. މީގެ އިތުރުން އަނިޔާވި މީހުންގެ ތެރޭގައި ހާލު ދެރަ މީހުންވެސް ހިމެނޭ ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު