ތޫފާން ދިތުވާގައި ލަންކާއިން ގެއްލިފައިވާ މީހުންގެ އަދަދު 190 އަށް އަރާފައިވާ ކަމަށް އެގައުމުގެ ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.
ލަންކާގެ ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ އެގައުމަށް އެރި ބާރުގަދަ ތޫފާން، ދިތްވާގައި މިހާތަނަށް 627 މީހުން މަރުވެފައިވާ ކަމަށް ބުނެފައެވެ. އެސެންޓަރުން އިއްޔެ ނެރުނު ބަޔާނުގައި ވާގޮތުން 25 ޑިސްޓްރިކްޓެއްގައި މިހާތަނަށް 2.17 މިލިއަން މީހުންނަށް ސީދާ އަސަރުކޮށްފައިވާ ކަމަށެވެ.
ތޫފާނުގައި ލަންކާގެ 4،164 ގެ ދިރި ނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި 67،505 ގެއަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ލަންކާއަށް އެރި ތޫފާން ދިތުވާގައި އެކި ގޮތް ގޮތުން ލިބުނު ގެއްލުން ބަލައި އެ ފަރާތްތަކަށް ބަދަލުދިނުމަށް ސަރުކާރުން ނިންމާފައިވާ އިރު، ގެދޮރު އެއްކޮށް ހަލާކުވެފައިވާނަމަ ފަސް މިލިއަން ރުޕީސް ދިނުމަށް ނިންމާފައިވާ ކަމަށް ލަންކާގެ ރައީސް އަނޫރާ ޑިސަނަޔަކަ ވަނީ ވިދާޅުވެފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު