ނެޓްފްލިކްސްއިން ވޯނަރ ބްރޮސް، އެ ކުންފުނީގެ ފިލްމު އަދި ޓެލެވިޒަން ސްޓޫޑިއޯތަކާއި އެޗްބީއޯ މެކްސް އަދި އެޗްބީއޯ ހިމެނޭގޮތަށް ގަންނަން ނިންމި ކަމުގެ ބޮޑު އެއްބަސްވުމެއް އިއުލާނުކޮށްފިއެވެ.
ނެޓްފްލިކްސްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްގައި މި އިއުލާނާއެކު އެއްބަސްވުމުގެ ތަފްސީލުތައް ހިއްސާކޮށްފައިވެއެވެ. ޓޫޑަމް ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ އަގު ކޮންމެ ޑަބްލިޔުބީޑީ ޝެއާއަކަށް 27.75 ޑޮލަރަށް އަދި ޖުމްލަ އެންޓަޕްރައިޒް ވެލިއު 82.7 ބިލިއަން ޑޮލަރަށް (އިކުއިޓީ ވެލިއު 72.0 ބިލިއަން ޑޮލަރަށް) އަރައެވެ.
ނެޓްފްލިކްސްގެ ކޯ-ސީއީއޯ ޓެޑް ސަރަންޑޮސް ބުނީ، މުޅި ދުނިޔެއަށް ހިތްފަސޭހަކަން ގެނެސްދިނުމަކީ އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި ވޯނަރ ބްރޮސްގެ އަގުހުރި ފިލްމުތަކާއި ޝޯތައް، އެއްކުރުމުން ބެލުންތެރިން ބޭނުންވާ އެއްޗެހި އިތުރަށް ދެވޭނެ ކަމަށެވެ. އޭގެ ތެރޭގައި 'ކެސަބްލާންކާ' އާއި 'ސިޓިޒަން ކޭން' ފަދަ ކްލެސިކްތަކުން ފެށިގެން 'ހެރީ ޕޮޓަރ' އާއި 'ފްރެންޑްސް' ފަދަ ފިލްމާއި 'ސްޓްރޭންޖަރ ތިންގްސް'، 'ކޭޕޮޕް ޑިމޮން ހަންޓަރސް' އަދި 'ސްކުއިޑް ގޭމް' ފަދަ މަޝްހޫރު. ޝޯތައް ހިމެނެއެވެ.
ވޯނަރ ބްރޮސް ޑިސްކަވަރީގެ ރައީސް އަދި ސީއީއޯ ޑޭވިޑް ޒަސްލާވް ބުނީ އިއުލާނަކީ ދުނިޔޭގެ އެންމެ ބޮޑު ދެ ވާހަކަ ކިޔައިދޭ ކުންފުނި އެއްކޮށްލުން ކަމަށާއި އެއީ މީހުން އެންމެ ބަލަން ބޭނުންވާ އެންޓަޓެއިންމެންޓް އިތުރު ބަޔަކަށް ފޯރުކޮށްދިނުމަށް ކުރާކަމެއް ކަމަށެވެ. އެއްގަރުނަށްވުރެ ގިނަ ދުވަހު ވޯނަރ ބްރޮސްއިން ވަނީ ބެލުންތެރިންގެ ހިތް އަތުލައި، ދުނިޔޭގެ ސަމާލުކަން ހޯދައި ސަގާފަތަށް ބަދަލު ގެނެސްފައި ކަން ފާހަގަ ކުރަމުން ނެޓްފްލިކްސްއާ އެކުވުމުން، މުޅި ދުނިޔެއަށް ކުރިއަށް އޮތް ޖީލުތަކަށް ދުނިޔޭގެ އެންމެ އަސަރުގަދަ ވާހަކަތައް ދެމިގެންދާނެކަން ކަށަވަރުކޮށްދެވޭނެ ކަމަށް ޑޭވިޑް ބުންޏެވެ.
މި އެއްބަސްވުން ދެ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ވަނީ އިއްތިފާގުން ފާސްކޮށްފައެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް