ތުރުކީގައި ބަހެއް އެކްސިޑެންޓުވެ ހަތް މީހަކު މަރުވެއްޖެއެވެ.
ތުރުކީގެ ދެކުނު ސަރަހައްދުގައި އިއްޔެ ހިނގި އެ އެކްސިޑެންޓުގައި ހަތް މީހަކު މަރުވެފައިވާއިރު 11 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތުރުކީގެ އަދަނާގައި ހިނގި އެހާދިސާގައި ބަސް އެކްސިޑެންޓްވެފައި ވަނީ ލޮރީއެއްގައި ޖެހިގެން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން އެކްސިޑެންޓުގައި ބަސް ޖެހުނު ލޮރީ ކުއްލިޔަކަށް ހުއްޓާފައިވަނީ އޭގެ ފުރޮޅެއް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.
އެކްސިޑެންޓު ވުމާއެކު ބަހަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށާއި ލޮރީގެ ފަހަތުގައި ޖެހުމާއެކު ބަސް ފުރޮޅާލާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އޮފިޝަލުން ވަނީ އެހާދިސަާގައި މަރުވި މީހުންގެ މައުލޫމާތު އެއްކޮށް އެމީހުންގެ އާއިލާތަކާ ގުޅަމުން އަންނަ ކަމަށާއި އަނިޔާވި މީހުންނަށްވެސް އެސަރަހައްދުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެ.
ހާދިސާގައި ބަސް ޖެހުނު ލޮރީގެ ޑްރައިވަރު ހައްޔަރުކޮށްފައިވާ ކަމަށާއި ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މުހައްމަދު އައުޒަމް
ވިޔަފާރި
ރިޕޯޓް
ވިޔަފާރި
އިރާން