ނެޓްފްލިކްސް އިން ވާނާ ބްރޯސް ގަންނަން ނިންމައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން މަޝްހޫރު ފިލްމް ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސް އިން ވާނާ ބްރޯސް ގަތުމަށް ނިންމާފައިވަނީ 72 ބިލިއަން އެމެރިކާ ޑޮލަރަށެވެ.
މަޝްހޫރު ފްރެންޗައިސް ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ހެރީ ޕޮޓާ އާއި ގޭމްސް އޮފް ތްރޯންސްގެ އިތުރުން އެޗްބީއޯ މެކްސް އަކީ ވާނާ ބްރޯސްގެ ޕްރޮޑަކްޓްތަކެކެވެ.
ނެތްފްލިކްސްގެ ކޯ ފައުންޑަރު ޓެޑް ސަރަންޑޮސް އިއްޔެ ވިދާޅުވީ މުސްތަގުބަލުގައި ވާނާ ބްރޯސްގެ ފިލްމުތަކާއި ނެޓްފްލިކްސްގެ ފްލިމްތައް އެއް ޕްލެޓްފޯމަކަށް ގެނައުމުން ބެލުންތެރިންނަށް އެކަމުގައި ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށެވެ.
ސަރަންޑޮސް ވަނީ އިއްޔެ އަކީ ނެޓްފްލައިކްސްއަށް ވަރަށް ބޮޑު ދުވަހެއް ކަމަށް ވިދާޅުވެ، އެއީ އެ ކުންފުނީގެ ޝެއާ ހޯލްޑަރުންނަށްވެސް ސިހުމެއް ލިބިގެން ދިޔަ ޑީލެއްގެ ގޮތުގައި ސިފަކުރައްވަައިފައެވެ.
މުހައްމަދު އައުޒަމް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް