ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ފަރާތްތަކަށް ދޭން ކަނޑައެޅި އިނާޔަތް 30،000 ރުފިޔާއަށް ބޮޑުކޮށް، ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެކެވެ.
މިހާރު، ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކަށްދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނުގެ ގޮތުގައި އޮތް މިގާނޫނުގެ ނަން، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ ރައްކާތެރިކަމާއި އިނާޔަތްތައް ކަނޑައަޅައި އެ ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނުގެ ނަމަށް ބަދަލުކުރަން ވެސް ބިލްގައި ހިމަނާފައިވެއެވެ.
އެއީ މިހާތަނަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަަކަށް އިނާޔަތް ދިނުމަށް އެކަންޏެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ ފަރާތްތަކަށް ވެސް އިނާޔަތްދޭންޖެހޭނެ ކަމަށް މި އިސްލާހުގައި ވަނީ ހިމަނައިފައެވެ.
އެގޮތުން ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމާބެހޭ މާއްދާއެއް ގާނޫނަށް އިތުރުކުރަން މި ބިލުގައި ވަނީ ހިމަނައިފައެވެ.
އެ މާއްދާގައި ސަރުކާރުން ހުށަހަޅާފައި ވަނީ ނައިބު ރައީސްކަންކޮށްފައިވާ މީހަކަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 25،000 ފުރިޔާ ލިބިދޭންޖެހޭނެ ކަމަށެވެ.
ނަމަވެސް މާލިއްޔަތު ކޮމިޓީން ބިލް ދިރާސާކޮށް މިއަދު ފާސްކުރީ އެ އަދަދު 30،000 ރުފިޔާއަށް ބޮޑުކޮށްގެންނެވެ.
މީގެއިތުރުން ރާއްޖެއިންނާއި ރާއްޖޭން ބޭރުން ދަައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް، ނައިބުރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.
ނަަމަވެސް ނައިބުކަން ކޮށްފައިވާ މީހަކު އެ މަގާމުން ވަކި ވުމަށްފަހު، އިންތިހާބު ކުރެވޭ، ނުވަތަ އައްޔަންކުރެވޭ ދައުލަތުގެ އެއްވެސް މަގާމަކާ ހަވާލުވެއްޖެނަމަ އެ މަގާމު އަދާކުރަމުންދާ މުއްދަތުގައި އެ މާލީ އިނާޔަތްދިނުން މެދުކެނޑޭނެ ކަަމަށްވެސް ބުނެފައިވެެއެވެ.
ބިލުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހާ ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރިޔާސަތުގެ ފަސް އަހަރު ދުވަހުގެ ދައުރެއްގައި ނައިބު ރައީސް ކަމުގެ މަގާމުގެ ދައުރު ފުރިހަމަކޮށްއިވާ މީހާއަށް ކަމަށެވެ.
އެހެންކަމުން މިހާތަނަށް ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސް އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ފައިސަލް ނަސީމެވެ.
އެހެންކަމުން މި ގާނޫނުގައި ބަޔާންކުރާ އިނާޔަތް ލިބިވަޑައިގަންނަވާނީ ހަމައެކަނި ފައިސަލް އަށެވެ.
ކުރީގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންކަމަށްވާ މުހައްމަދު ވަހީދު، މުހައްމަދު ވަހީދުއްދީން (ޑީން) އާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު، އަބްދުﷲ ޖިހާދު އަދި އަހުމަދު އަދީބަށް، ނައިބު ރައީސްގެ ގޮތުގައި ފަސް އަހަރުގެ ދައުރެއް އަދާކުރައްވާފައިނުވެއެވެ.
އިބްރާހިމް ޒަކީ
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ