ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމާއި ދުއްވާ އުޅަނދުގެ ހުންގާނުގެ ކޮންޓްރޯލް އެހެން ފަރާތަކަށް ހަވާލު ކުރުމަކީ، ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި އެ ކުށުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަަލަށް ލެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އަލުން އެކުލަވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ.
ބިލްގައިވާގޮތުން އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވުމާއި ދުއްވަމުންދާ އުޅަނދުގެ ކޮންޓްރޯލް އެހެން ފަރާތަކާ ހަވާލު ކުރުމުގެ ގޮތުން އޭގެ ހުންގާނު އޭގައި އިން އެހެން ފަރާތަކާ ހަވާލު ކުރުމަކީ ކުށެކެވެ.
އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަލަށް ލެވޭނެއެވެ. އަދި އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 25،000 ރުފިޔާ އާއި 100،000 ރުފިޔާއިން ޖޫއިމަނާ ކުރެވޭނެއެވެ. އެކަމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ހަމަ އެއަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން އެކަމުގެ ސަބަބުން މީހަކަށް އަނިޔާއެއް ނުވި ނަމަވެސް އެ ބިލުގައިވާ ގޮތުން، 25،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އިބްރާހިމް ޒަކީ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި